ޑރ ޖަމީލްގެ ކެންޕެއިންގައި ކުރީގެ ވަޒީރު އުމަރު ޒާހިރު ބައިވެރިވެވަޑައިގެންފި

މަސައްކަތް ކުރައްވާނީ ތަޖުރިބާކާރު ބޭފުޅުންގެ އިރުޝާދާއެކު ވިލިމާލެ ރައްޔިތުންނަށް ފަހި ދިރިއުޅެއް ހޯދާދިނުމަށްކަމަށް ކުރީގެ ނާއިބް ރައީސް ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލައްވާ ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިހެން ވިދާޅުވީ ދައުލަތަށް ވަރަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެއްކަމަށްވާ އުމަރު ޒާހިރު، ޑރ ޖަމީލްގެ ކެންޕެއިން ހަރަކާތުގައި މިއަދު ބައިވެރިވެވަޑައިގަތުމާއި ގުޅިގެން އެކަން ފާހަގަކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
އިސްލާހީ މަސައްކަތުގައި އިސް ދައުރެއް އަބަދުވެސް އަދާކުރައްވަމުން ގެންދަވާ ޑރ ޖަމީލް ވިދާޅުވީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި، އޮނަރަބަލް އުމަރު ޒާހިރު، އެމަނިކުފާނުގެ ކެންޕެއިންގައި ބައިވެރިވެވަޑައިގަތުމަކީ ވަރަށް ބޮޑު ފަޚުރެއްކަމަށެވެ.
އަދި މަސައްކަތް ކުރައްވާނީ އެފަދަ ތަޖުރިބާކާރު ބޭފުޅުންގެ އިރުޝާދާއެކު ވިލިމާލެ ރައްޔިތުންނަށް ފަހި ދިރިއުޅެއް ހޯދާދިނުމަށްކަމަށްވެސް ޑރ ޖަމީލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ