މަޖިލީހުގެ އިތުރު މެމްބަރުންތަކެއް މައުމޫން ފެކްޝަން އާއި ގުޅިއްޖެއެވެ.
އެ މެމްބަރުންނަކީ، ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީއާއި، ދިއްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ޢަބްދުއްލަތީފް މުހައްމަދާއި، އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)އާއި ތިމަރަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު މުސްޠަފާގެ އިތުރުން އެމްޑީއޭއަށް ނިސްބަތްވާ، ނޮޅިވަރަމް ދާއިރާގެ މެމްބަރު ޙުސައިން އަރީފެވެ.
މީގެ ކުރިންވެސް އިތުރު މެމްބަރުންތަކެއް މައުމޫން ފެކްޝަންް އާއި ގުޅިވަޑައިގެންފައިވެއެވެ. އެ މެމްބަރުންތަކަކީ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނާއި، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަޙީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއުއެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވީ، ޕީޕީއެމް ޕީޖީ ގްރޫޕް އިން ވިޕް ލައިން އާ ހިލާފަށް މަސައްކަތް ކުރަން ނިންމީ ގައުމީ މަސަލަހަތު އެއްކިބާކޮށް ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ޕީޖީ ގްރޫޕް އިން ކަންކަން ނިންމަމުން ދާތީ ކަމަށެވެ.
މަޖިލީހުގެ ތެރެއިން ފެކްޝަނާއެކު މަސައްކަތް ކުރާ އަށް މެމްބަރުން އެބަ ތިބިކަމަށާއި، އެ މެމްބަރުން ދެން އަމަލު ކުރާނީ ވަކި ވިޕް ލައިން ތަކެއް ކަނޑައަޅައިގެންކަމަށް ފާރިސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އިތުރު ނިންމުންތަކުގައި އިތުރު މަޝްވަރާ ބޭނުންވެއްޖެނަމަ ޕީޕީއެމްގެ ކައުންސިލް އިން (މައުމޫން ފެކްޝަން) މަޝްވަރާކޮށްގެން ކުރިއަށްގެންދަން ނިންމައިގެން ތިބީ. މި މަސައްކަތުގެ ސަބަބުން މަޖިލީހުގެ މަސައްކަތްތަކަށް ގިނަ ގުނަ އިސްލާހުތަކެއް ގެނެވޭނެ". ފާރިސް ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ އިދިކޮޅު ފަރާތްތަކާއެކު މަޖިލީހުގެ ތެރެއިން ކަންކަން ނިމޭވަރަށް މެޖޯރިޓީ އެބަ އޮތްކަމަށެވެ.
ގައުމީ ލާބަޔާއި މަންފާއަށްޓަކައި ހުރިހާ ސިޔާސީ ޕާޓީތަކާއި ގުޅިގެން މަސައްކަތް ކުރާނެކަމަށް މުސްތަފާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެމްޑީޕީގެ ތާއިދު ބޭނުންވާނެ. އެމްޑީޕީ އިން އެބަ އިން އެ ޔަގީންކަން ދީފަ. މަޖިލީސް އިން ފާސްކުރި ގާނޫނުތައް ބާތިލްކޮށް ފުށުން ޖެހުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ޕާޓީތަކާއި ގުޅިގެން ކުރާނަން". މުސްތަފާ ވިދާޅުވިއެވެ.
މަޖިލީހުގެ އިތުރު މެމްބަރުންތަކެއް ރައީސް މައުމޫން ފެކްޝަން އާއި ގުޅިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ