ވޯލްޑް އިސްލާމިކް ކޮންފްރަންސަށް ރައީސް މައުމޫން ފުރާވަޑައިގެންފި

ވާރލްޑް އިސްލާމިކް ލީގްގެ ފަރާތުން އިންތިޒާމްކުރާ ވާރލްޑް އިސްލާމިކް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫން މައްކާއަށް ފުރާވަޑައިގަންނަވައިފިއެވެ.މި ދަތުރަށް ފުރާވަޑައިގަތުމުގެ ކުރިން އެމްބީސީ ނިއުސްއަށް މައުލޫމާތުދެއްވަމުން އެމަނިކުފާނު ވިދާޅުވީ ރާބިތަތުލް އާލަމުލް އިސްލާމިއްޔާގައި ބާއްވާ ދުނިޔޭގެ ފެންވަރުގެ މި ކޮންފަރެންސްގައި ޓެރެރިޒަމްއާއި ދެކޮޅަށް މަޝްވަރާކުރެވޭނެކަމަށެވެ. އަދި މި ކޮންފަރެންސްގައި އިސްލާމްދީނަކީ ޓެރެރިޒަމްގެ ދީނެއް ނޫންކަން އަންގައިދިނުމަށް ހަމަޖެހިފައިވާކަމަށާއި އިސްލާމްދީނަކީ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމުގެ ދީނެއްކަން އަންގައިދީ މިކަންތައް ދިރާސާކޮށް ގަރާރުތައް މި ކޮންފަރެންސްގައި ފާސްކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.ހަތަރުދުވަހުގެ މި ކޮންފަރެންސްގައި އެމަނިކުފާނު ތަގްރީރުކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ. އަދި އެމަނިކުފާނަކީ ރާބިތަތުލް އާލަމުލް އިސްލާމިއްޔާގައި ސްޕްރީމް ކައުންސިލްގެ މެމްބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ