ހަމަނުޖެހުން އުފައްދަން އުޅުނުކަމުގެ ތުހްމަތު މެމްބަރު އަލީ ހުސައިން އަށް، މިރޭ ޕޮލިހަށް ހާޒިރުވަންޖެހޭ

މާލެ ތެރޭގައި ހަމަނުޖެހުން އުފައްދަން އުޅުނުކަމުގެ ތުހްމަތުކޮށް، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި އެވެ.
މި މައްސަލައިގެ ތުހްމަތުގައި އަލީ ހުސައިން މިރޭ 10:00 އަށް ޕޮލިހަށް ހާޒިރުވުމަށް ވަނީ އަންގައިފަ އެވެ.
މާލެތެރޭގައި ހަމަނުޖެހުން އުފެއްދުމުގެ ތުހްމަތު އަލީ ހުސައިން މައްޗަށް މި އުފުލީ، ހޮނިހިރު ދުވަހުގެ ރޭ އޭނާ ހައްޔަރުކުރުމަށް ފަހު އެވެ. ސިޔާސީ ހައްޔަރީން މިނިވަން ކުރަން ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒުކުރަން ގޮވާލައި، ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގެ ތެރެއިން އަލީ ހުސައިން ހައްޔަރުކުރުމަށް ފަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ. 
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލިފައިވާއިރު، އިދިކޮޅު މެމްބަރުންގެ މައްޗަށް އެކި ތުހްމަތުތައްކޮށް، އެ މައްސަލަތަކުގައި ޕޮލިހަށް ހާޒިރުވުމަށް ދަނީ އަންގަމުންނެވެ. އެގޮތުން ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ޕޮލިހަށް ހާޒިރުކުރި އެވެ. އަދި އިހަންވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ވެސް ހޮނިހިރު ދުވަހު ޕޮލިހަށް ހާޒިރު ކުރި އެވެ. 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ