އަދާލަތު ޕާޓީން ބާއްވާ އިނގުރައިދޫ ދާއިރާގެ ޕްރައިމަރީ ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.
ސަރުކާރުގެ ކޯލިޝަން ޕާޓްނަރ އަދާލަތު ޕާޓީން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 13 ދާއިރާއަކަށް ވާދަކުރުމަށް ނިންމާފައިވާއިރު މިއީ އަދާލަތު ޕާޓީން ޕްރައިމަރީއެއް ބާއްވާ ހަމައެކަނި ދާއިރާއެވެ.
އަދާލަތު ޕާޓީން ރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ، 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓު ދިނުމަށް ރ.އިނގުރައިދޫ ދާއިރާގައި ޕްރައިމަރީ މިމަހު 25 ވާ ހުކުރު ދުވަހު ބޭއްވުމަށް އެ ޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީއިން ނިންމާފައިވާކަމަށެވެ.
މި ދާއިރާއަށް އެ ޕާޓީން ދެ ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އެއް ބޭފުޅަކީ ރ. ކިނޮޅަހު ކައުސިލްގެ ރައީސްގެ މަގާމުގައި ހުންެނެވި އަހުމަދު ހުސެއިންއެވެ. އަދި އަނެއް ބޭފުޅަކީ އަލީ ޝަރީފް އެވެ.
އަދާލަތު ޕާޓީން ޕްރައިމަރީ ބާއްވަން ތައްޔާރުވަމުންދާއިރު ކޯލިޝަން ގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވަނީ އެޕާޓީގެ މަޖިލިސް ޕްރައިމަރީ މިދިޔަ ހުކުރު ދުވަހު ބާއްވާފައެވެ.
އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަނުގެ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ ޖޭޕީއާއި އެމްޑީޕީ މެދުގައި ހިޔާލު ތަފާތުވެ ރައީސް ޔާމީނާއެކުވެސް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެއްކޮށް މަސައްކަތް ކުިރުމަށް މަޝްވަރާކުރަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
ޤާސިމް ވިދާޅުވެފައި ވަނީ އަނެއްކާވެސް އެމްޑީޕީ ޖުމްހޫރީ ޕާޓީ މަގުމަތިކޮށްފި ކަމަށާއި އެމްޑީޕީ އިން ހެދި އެއްބަސްވުމާ ޚިލާފުވެއްޖެ ކަމަށެވެ. އަދި ގާސިމް ގެންދަވަނީ އެމްޑީޕީ އަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ފަހަކަށް ފާޑު ވިދާޅުވަމުންނެވެ.
އަދާލަތު ޕާޓީގެ އިނގުރައިދޫ ދާއިރާގެ ޕްރައިމަރީ ހުކުރު ދުވަހު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ