ހދ. ނޮޅިވަރަމް ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތަށް އެރަށު ގޮނޑުދޮށުން ވެލި ނަގަމުންދާކަމަށް ބުނެ ރައްޔިތުން ނުކުމެ މަސައްކަތް ހުއްޓުވައިފިއެވެ.
ނޮޅިވަރަމް ކައުންސިލްގެ ރައީސް އިބްރާހީމް ރަޝީދުވެސް ވަނީ އެކަން ރާއްޖެ އެމްވީއަށް ކަށަވަރުކޮށް ދެއްވާފައެވެ.
ކައުންސިލްގެ ރައީސް އިބްރާހީމް ރަޝީދު ވިދާޅުވީ ބަނދަރުގެ ފައިކަށި ހެދުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުން ދަނީ ވަރަށް ދަށް ފެންވަރަކަށް ކަމަށާއި އެކަން ކުރަނީ ކުރެހުމާއެއްގޮތައް ޤަބޫލް ނުކުރެވޭ ކަމަށެވެ.
ރަޝީދު ވިދާޅުވީ ބަނދަރުގައި ޖަހަމުން ދަނީ ޖަހަން ޖެހޭ ވަރަށްވުރެ މާ ކުދި ހިލަ ކަމަށާއި ވެލިވެސް އަޅަނީ އެއޮންނަ މިންވަރަށްވުރެވެސް ގިނައިން ކަމަށެވެ. އަދި މިހާރު އެހަދާގޮތައް ފައިކަށީގެ މަސައްކަތްކޮށް ނިންމައި ދޫކޮށްލައިފިނަމަ ރާޅުބޮޑެތި މޫސުމް އައުމުން ވެލިގަނޑު ދަމައިގަނެ އެތޮށިގަނޑު ވެއްޓިގެން ދާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ ބަނދަރު ހަދާގޮތާމެދު އިންތިހާއަށް ކަންބޮޑުވުން ހުއްޓާ ފެނިގެން ދިޔައީ ރަށުގެ ގޮނޑުދޮށް ކޮނެގެން ވެލި ފުރާނައިގެން ގަލާއި ވެލިއަޅާތަން ކަމަށެވެ. އަދި އެކަމާ ނުރުހި ރައްޔިތުން ނުކުމެ މަސައްކަތް ހުއްޓުވާފައިވާކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.
ކައުންސިލް ރައީސް ވިދާޅުވީ ރަށުގެ ގޮނޑުދޮށް ކޮނެގެން ވެލި ނުނެގުމަށްވެސް މިހާރު އަންގާފައިވާނޭ ކަމަށާއި އެމްޓީސީސީގެ ބޭފުޅުންނާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އެމްޓީސީސީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ނޮޅިވަރަމް ގޮނޑުދޮށުން ވެލިނަގައިގެން އެރަށު ބަނދަރު ހަދާތީ ރައްޔިތުން ނުކުމެ މަސައްކަތް ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ