ސިކުނޑިއަށް ކަރަންޓް ޝޮކް ދިނުމަކީ ހަނދާން ގަދަވެ ސިކުނޑިއަށް ޖެހޭ ތަފާތު ބަލިތަކަށް ފަރުވާއެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
މިދިރާސާއިން ދައްކާ ގޮތުން ސިކުނޑިއަށް ކަރަންޓު ޝޮކް ދިނުމަކީ ސްޓްރޯކް ޖެހުމާއި އަލްޒެއިމާ ބަލި ފަދަ ބަލިތަކަށް ފަރުވާއެކެވެ. އަދި އުމުރުން ދުވަސްވުމުގެ ސަބަބުން ސިކުނޑިއަށް ދިމާވާ ތަފާތިު މައްސަލަތަކަށްވެސް ފަރުވާއެއް ކަމަށް މިދިރާސާ ކުރި ފަރާތްތަކުން މަޢުލޫމާތުދެއެވެ.
މިދިރާސާގައި ކަރަންޓް ޝޮކް ދީފައި ވަނީ މެގްނެޓިކް ޕަލްސް ބޭނުން ކޮށްގެނެވެ.
އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ ދުޅަހެޔޮ 16 މީހުން ބައިވެރިކޮށްގެން ކުރިޔަށް ގެންދިޔަ މިދިރާސާގައި ކަރަންޓް ޝޮކް ދިނުމުގެ ކުރިން ކޮންމެ ބައިވެރިއެއްގެ ވެސް ސިކުނޑީީގެ އެމްއާރުއައި ސްކޭނެއް ވަނީ ހަދާފައެވެ. އަދި ދިހަ މިނެޓު ވަންދެން ސިކުނޑި މަސައްކަތް ކުރާ ގޮތް ވަނީ މޮނިޓަރ ކުރެވިފައެވެ. އަދި ކޮންމެ ބައިވެރިއެއްގެ ވެސް ކަންތައްތައް ހަނދާން ހުންނަ މިންވަރު ބެލުމަށް ވަނީ ޓެސްޓެއް ހަދުވާފައެވެ.
.އެގޮތުން ކޮންމެ ބައިވެރިޔަކަށްވެސް ވަނީ ބަސްތަކަކާއި މީހުންގެ މޫނު ހަނދާން ކުރަން ބުނެފައެވެ. މިޓެސްޓް ހެދުވުމަށްފަހު 5 ދުވަހު ކޮންމެ ދުވަހަކު 20 މިނެޓު ވަންދެން ކޮންމެ މީހެއްގެ ސިކުނޑިއަށްވެސް ވަނީ ކަރަންޓް ޝޮކް ދީފައެވެ.
.މިދުވަސްތަކުގެ ތެރޭގައި މިމީހުންގެ އިތުރު އެމްއާރުއައި ސްކޭން ތަކެއް ވަނީ ހަދުވާފައެވެ. އެއީ ކަރަންޓް ޝޮކް ދިނުމުން ސިކުނޑިި މަސައްކަތް ކުރުމަށް އައިސްފައިވާ ބަދަލު ދެނެގަތުމަށެވެ.ކަރަންޓް ޝޮކް ދީގެން މިޓެސްޓް ކުރިތާ އެއް ހަފްތާ ފަހުން، އެއްވެސްފޭކު ކަރަންޓް ޝޮކެއް ދީގެން ދެގްރޫޕަކަށް ބަހާލައިގެން އަލުން ވަނީ މިޓެސްޓު ހަދުވާފައެވެ.
ނަމަވެސް ބައިވެރިންގެ ގާތުގައި ރަނގަޅު ޓެސްޓަކީ ކޮބައިކަން ނުވަތަ ރަނަގޅު ނޫން ޓެސްޓަކީ ކޮބައިކަން ބުނެފައެއް ނުވެއެވެ.
މި ދިރާސާއިން ދައްކާ ގޮތުން ހަނދާން ކުރުމުގެ ބާރު ގަދަކަމަށް ދައްކަނީ ކަރަންޓް ޝޮކް ދިން ބައިވެރިންނެވެ.
"ބައިވެރިން ބަސްތަކާއި ފޮޓޯތައް ހަނދާން ހުރި މިންވަރު ކަރަންޓް ޝޮކް ދިން ފަހުން ވަނީ ރަނގަޅުވެފަ. އޭގެ މާނައަކީ ކަރަންޓް ޝޮކް ދިނުމަކީ ހަނދާންކުރުމުގެ ބާރު ގަދަ ކުރުވާކަމެއްކަން." މި ދިރާސާ ކުރި ޓީީމުގައި ހިމެނޭ ސައިންސްވެރިއެއް ބުންޏެވެ.
މިޓީމުން މަޢުލޫމާތު ދިން ގޮތުގައި މި ދިރާސާގެ ސަބަބުން ސިކުނޑީގެ ބަލިތަކަށް ފަރުވާ ބޭނުންވެފައިވާ މީހުން ރަނގަޅު ކުރުމަށް އާދޮރުތަކެއް ހުޅުވިގެން ދާނެއެވެ. ނަމަވެސް މިއީ އަދި ރައްކާތެރި ފަރުވާއެއްތޯ ކަށަވަރު ކުރުމަށް އަހަރުތަކެއް ވަންދެން ދިރާސާތަކެއް ކުރަން ޖެހޭނެ ކަމަށްވެސް މިޓީމުން ހާމަ ކުރިއެވެ.
ކަރަންޓް ޝޮކަކީ ސިކުނޑީގެ ބަލިތަކަށް ފަރުވާއެއް- ދިރާސާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ