ގެޓްސެޓް ލޯނަށް ހުށަނާޅަނީސް މައުމޫން ހަމީދު ޝޯޓް ލިސްޓް ވެއްޖެ

ޒުވާން ވިޔަފާރިވެރިން އުފައްދަން ސަރުކާރުން ފަށާފައިވާ ގެޓްސެޓް ލޯން ޕްރޮގްރާމަށް ހުށަނާޅަނީސް، އެ ސްކީމްގެ ލޯނަށް ގާނޫނީ ވަކީލު މައުމޫން ހަމީދުގެ ނަން ޝޯޓްލިސްޓްކޮށްފައިވާ ކަން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގެޓްސެޓްގެ ޓެކްނިކަލް ކޮމިޓީން މައުމޫން ހަމީދުގެ ޕްރޮޕޯސަލް ބެލުމަށްފަހު، ޝޯޓް ލިސްޓް ކުރި ހަބަރު އީމެއިލްއަކުން ލިބުމުން ވަރަށް އުފާވެއްޖެ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ޕްރޮޕޯސަލްއެއް ހުށަހަޅާފައިނުވާ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.
ގެޓްސެޓް ލޯނަށް ހުށަނާޅަނީސް މައުމޫން ހަމީދުގެ ނަން ޝޯޓް ލިސްޓްކޮށްފައިވާ ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ގެޓްސެޓް ލޯން ލިބޭ ފަރާތްތައް އަންނަ މަހުގެ 12 ވަނަ ދުވަހު އިއުލާން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ގެޓްސެޓް ލޯން ޕްރޮގްރާމަށް ސަރުކާރުން ވަނީ 200 މިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ