އެއްބަސްވުމުގެ މައްސަލަ އަށް ސިންގަޕޫރު ކޯޓުން ބަލާފައެއް ނެތް: އިންޑިއާ
ޖީއެމްއާރު އަތުން ހުޅުލޭ އެއާޕޯޓް ދިވެހި ސަރުކާރަށް ނެގޭނެ ކަމަށް ސިންގަޕޫރު ކޯޓުން ނިންމާފައި ވަނީ ގައުމެއްގެ މިނިވަންކަމުގެ މައްސަލަ އަށް ބަލާފައި ކަމަށާއި އެގްރިމެންޓްތަކަށް ރިއާޔަތްކޮށްފައި ނެތް ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.އިއްޔެ ސިންގަޕޫރުގެ އެންމެ މަތީ ކޯޓުން ނިންމާފައި ވަނީ ރާއްޖޭގެ ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި އެއާޕޯޓް ނެގިދާނެ ކަމަށެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޖީއެމްއާރާއި އެކުންޏާ އެކު ބައިވެރިވާ މެލޭޝިއާގެ ފަރާތްތަކަށް ލިބެން ޖެހޭނެ ބަދަލާއި އެއްބަސްވުމުގެ ގާނޫނީ ބަޔަށް ސިންގަޕޫރު ކޯޓުގެ ނިންމުގައި ބަލާފައި ނެތް ކަމަށެވެ.ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ހުކުމާ އިންޑިއާ ސަރުކާރާއި ޖީއެމްއާރުގެ ވަކީލުން އަންނަނީ ދިރާސާކުރަމުންނެވެ. އިންޑިއާ އިން ބުނީ އެއްބަސްވުމުގައި ހުރި ގާނޫނީ ހުރިހާ ކަމެއް ނިމޭތަން ބަލަން ބޭނުންވާ ކަމަށެވެ. އަދި ގާނޫނީ ގޮތުން ފުރިިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އިންޑިއާ އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ