ދެ ދާއިރާއަކުން ރާއްޖޭގެ ފުރަތަމަ ސުޕަ ސްޕެޝަލިސްޓުންނަށްވެ، އެއްމާބަނޑު ދެ ޑޮކްޓަރުން ތާރީޚުގެ ތެރެއަށް
އެއްމާބަނޑު ދެ އަންހެން ޑޮކްޓަރުން, ދެ ދާއިރާއަކުން ރާއްޖޭގެ ފުރަތަމަ ސުޕަ ސްޕެޝަލިސްޓުންނަށްވެ، މި ގައުމުގެ ތާރީޚުން ޖާގަ ހޯދައިފިއެވެ. ރާއްޖޭގައި ޚިދުމަތާ ގުޅުނު މި ދެބެއިންނަކީ ގދ. ތިނަދުއަށް އުފަން ޑރ. އަލްތާފު އަދުނާން އިސްމާއިލާއި ޑރ. އަލްމާސް އަދުނާން އިސްމާއިލެވެ. ޑރ. އަލްތާފަކީ އުރަމަތީ ކެންސަރަށް ޚާއްސަ ސަޕް ސްޕެޝަލިސްޓެކެވެ. އަދި ޑރ. އަލްމާސަކީ ލޮލުގެ ބަލިތަކަށް ޚާއްސަވެ، ގްލޯކޯމާ ސަބް ސްޕެޝަލިސްޓެކެވެ. https://sun.mv/221351 އެ ދެ ޑޮކްޓަރުން ވެސް ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާނެއެވެ. ޑރ. އަލްމާސް ގްލޮކޯމާގެ ރޮނގުން ފެލޯޝިޕް ފުރިހަމަކުރެއްވީ ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ވިޝަން އައި ހޮސްޕިޓަލުންނެވެ. އަދި ޑރ. އަލްތާފް ސަބް ސްޕެޝަލްޓީއަށް ތަމްރީނު ހޯއްދެވީ އިންޑިއާގައި ހުންނަ ރާޖީވް ގާންދީ ޔުނިވާސިޓީ އޮފް ހެލްތު ސައިންސަސްއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ