މިސްކިތަށް ގެއްލުންދިން މީހަކަށް ނަފްސާނީ އެހީދެނީ

ހުޅުމާލޭ މިސްކިތަކަށް ގެއްލުންދިން މީހާ މުޖުތަމައުއިން އެކަހެރިކޮށް، ނަފްސާނީ އެހީ ދެމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މި މަހު 20 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި، ހުޅުމާލޭގައި ހުންނަ 'އަޒީޒާ މޫސާ' މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅާލައި ގެއްލުންދީފައިވަނީ މިދިޔަ ހޯމަ ދުވަހެވެ.
ފުލުހުން އޭރު ބުނިގޮތުގައި އެކަން ކުރި މީހާ އަކީ ނަފްސާނީ ބަލި ތަހަންމަލުކުރަމުންދާ މީހެކެވެ. އެެހެންވެ، އެ މީހާގެ ހާލަތަށް ރިއާޔަތްކޮށް، ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނީ، ކަމާ ގުޅުންހުރި މުވައްސަސާތަކާ ގުޅިގެން ކުރި މަސައްކަތުން އެ މީހާ މިހާރު މުޖުތަމައުން އެކަހެރިކުރެވިފައިވާ ކަމަށެވެ. އަދި އޭނާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމެއް - ދޭތެރެއަކުން މިސްކިތްތަކަށް ގެއްލުންދިނުމުގެ މައްސަލަތައް ފެންމަތިވެ އެވެ. ތަކުރާރުކޮށް މިކަން މިގޮތަށް ތަކުރާރުކޮށް ކުރާއިރު ވެސް ނަފްސާނީ ބަލި މީހުން ކަމަށް ބުނެ ދޫކޮށްލާތީ އާންމުންގެ ޝަކުވާތައް ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ