ކ. ތިލަފުށީގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރުވެފައިވާ ކަމަށް ވެމްކޯއިން ހާމަކޮށްފި އެވެ.
މާލެ ސަރަހައްދުގައި އުފެދޭ ހުރިހާ ކުންޏެއް ގެންދާ ތިލަފުށީގައި ރޯވީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ތިލަފުށީ ސައިޓަށް އޭގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެމްކޯއިން ބުނެފައިވެ އެވެ.
އެގޮތުން، ބައެއް ސައިޓުތައް ބަންދުކޮށް ދުވަހުން ދުވަހަށް ކުރަމުންދާ ކަންކަމަށް ހުރަސް އެޅި މަސައްކަތްތައް މަޑުޖެހުމަކަށް އައިސްފައިވާ ކަމަށް ވެމްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
"މި ހާދިސާއާ ގުޅިގެން ތިލަފުށިން ދެމުންދާ އެކި ހިދުމަތްތައް ހާއްސަކޮށް، މާލެ، ވިލިމާލެ، އަދި ހުޅުމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަންތަކަށް ވަނީ އަސަރަުކޮށްފައި،" ވެމްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.
ކުނި ބަލައިގަންނަ މިންވަރު މިހާރު މަދުކޮށްފައިވާއިރު އޮޕަރޭޝަން ކުރީގެ ހާލަތަށް ގެނައުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ތިލަފުށީގައި ރޯވުމުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން ވަނީ މަޖުބޫރުވެފައި: ވެމްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ