ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތުގެ ބިއްލޫރިގަނޑު މި ހަފްތާގެ ތެރޭގައި ދެވަނަ ފަހަރަށް ތަޅާލައިފި އެވެ.
އެންމެ ފުރަތަމަ އެ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. އަނެއްކާ ވެސް މިރޭ ހަމަ އެ މިސްކިތުގެ ބިއްލޫރިގަނޑު ވަނީ ތަޅާލާފަ އެވެ.
މި ފަހަރު ވެސް މިސްކިތަށް ގެއްލުން ދީފައިވަނީ ހަމަ އެއް މީހެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ. ދެ މައްސަލަ ވެސް ވަކި މައްސަލަތަކެއްގެ ގޮތުގައި އަންނަނީ ތަހުގީގު ކުރަމުންނެވެ.
"މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް، ފުލުހުންނާއި ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން މިހާރު ވަނީ މުޖުތަމައުން އެކަހެރިކުރެވިފައި. އަދި އެ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުން،" ފުލުހުން މީޑިއާތަކަށް ބުނެފައިވެ އެވެ.
މާލެ ސަރަހައްދުގައި ހުންނަ މިސްކިތްތަކަށް ގެއްލުންދޭ މައްސަލަތަކެއް ދޭތެރެދޭތެއިން ފެންމަތިވެ އެވެ. މިފަހުން މާލޭގައި ހުންނަ ފުރުގާން މިސްކިތުގެ ބިއްލޫރިގަނޑެއް ވެސް ތަޅާލި އެވެ.
އަޒީޒާ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ދެވަނަ ފަހަރަށް ތަޅާލައިފި، ގެއްލުން ދިން މީހާ އެކަހެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ