އުމަރު ޝޮޕިން އާކޭޑުގެ ޓެރަސްގައި ރެސްޓޯރަންޓެއް ތަރައްގީ ކުރަނީ

ޗާންދަނީ މަހުގައި ހުންނަ އުމަރު ޝޮޕިން އާކޭޑް ބިލްޑިންގައި ރެސްޓޯރަންޓެއް ތަރައްގީކޮށް ހުޅުވަން ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެސްޓީއޯއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އުމަރު ޝޮޕިން އާކޭޑްގައި ކެފޭ ނުވަތަ ރެސްޓޯރަންޓެއް ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތަކަށް ބިލްޑިންގުގެ ޓެރަސް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ. އަދި އެ މަސައްކަތް ކުރަން އެދޭ ފަރާތްތަކުން އަންނަ މަހު ތިނެއްގެ ކުރިން އެސްޓީއޯއަށް ގޮސް ރެޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 16 ވަނަ ދުވަސް ކަމަށާއި އެ ދުވަހަށް ފަހު ހުށަހަޅާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމަށެވެ.
އުމަރު ޝޮޕިން އާކޭޑުގައި ރެސްޓޯރަންޓު ހުޅުވަން ފުރުސަތު ހުޅުވާލާފައިވާ އިރު މިދިޔަ އާދީއްތަ ދުވަހު ވަނީ ޕެންޝަން އޮފީސް އެ އިމާރާތަށް ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ