މިއަދު ހަވީރު 4 އިން ރޭގަނޑު 8އަށް މާލޭ ސިޓީގެ މަގުމަތީގައި ވެހިކަލް ދުއްވުން މަނާވާނެ!

މިއަދު ފާހަގަކުރަމުންދާ އަޟްހާ ޢީދުގެ މުނާސަބަތުގައި މާލޭ ސިޓީގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރުމަށް ނިންމައިފިއެވެ.
އެގޮތުން މިއަދު ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ހުއްދަދެވިފައިވާ ވެހިކަލްތައް ފިޔަވައި އެހެން ވެހިކަލްތައް ދުއްވުން މަނާވާނެއެވެ.
މި ނިންމުމާއެކު މާލޭ ސިޓީ ކައުންސިލުން ކުރި އިޢުލާނުގައިވާގޮތުން ޚާއްޞަ އުޅަނދުތަކަށް ޢާއްމު ޚިދުމަތްތަކާ ބެހޭ ބައިން ލިބޭނެއެވެ.
ޚާއްސަ ކަންކަމުގެ އުޅަނދުތަކުގެ ގޮތުގައި ގިންތިކޮށްފައިވަނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު، އެމްބިއުލާންސް، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞާކުރެވިފައިވާ ސައިކަލު، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންދާ ބަހުގެ ޚިދުމަތް، އެ ދުވަހު އެ ގަދީގައި ދުއްވުމަށް ހުއްދަދޭ އެހެނިހެން އުޅަނދުތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ