މާދަމާ ހިޔާ 9 އަދި 10އަކަށް ކަރަންޓުގެ ހިދުމަތް ދެނީ!

މާދަމާިން ފެށިގެން ހިޔާ ފްލެޓުތަކުގެ ނުވަ ވަނަ ޓަވަރާއި ދިހަވަނަ ޓަވަރަށް ކަރަންްޓުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިިވާކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
މިހާރު މި ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށާފައިވާއިރު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަންް (އެޗްޑީސީ)އަންނަނީ  ހިޔާ ފްލެޓުތަކަށް ހާޒިރުވާން ޖެހޭ ގަޑިތައް ފްލެޓުތަކުގެ ހައްގުވެރިންނަށް އަންގަމުންނެވެ. 
ސްޓެލްްކޯއިން ވަނީ އެޗްޑީސީން އަންގާ ގަޑިތަކަށް ފްްްލެޓްތައް ލިބުނު ފަރާތްތަކުން އައުމަށާއި، ފްލެޓުތަކަށް ދާއިރު ތަޅުދަނޑިތައް ހިފައިގެން ދިިއުމަށް އިިލްތިމާސްކޮށްފައެވެ. 
މި މަސައްކަތުގެ އއިތުރުން މާދަމާ ވަނީ އެޗްޑީސީއާއެކު އެއްބަސްވުމުގައި ސޮއިިކުރި ނަމަވެސް ސްޓެލްކޯއާއި އެކު އެއްބަސްވުމުގައި ސޮއި ނުކުރާ ފަރާތްތަކާ އެކު އެއްބަސްވުމުގައިި ސޮއިިކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ކަަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ. އެއްބަސްވުންތަކުގައި ސޮއިކުރުންް ކުރިއަށް ދާނީ އެ ކުންފުނީީގެ ހުޅުމާލެ ބްރާންޗުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ