ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލަން އެހީތެރިވި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، އެމީހުންގެ ބަންދު ކުރަން ފުލުހުން އެދުމުން 15 ދުވަހަށް ބަންދުކުރަން ކޯޓުން ހުކުމް ކޮށްފިއެވެ.
ކޯޓު އަމުރުގައިވާ ގޮތުން، މި ދެ މީހުން ފިލުވަން އެހީތެރިވެދީފައިވަނީ ފުލުހުންގެ ފެމެލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓުމަންޓުން ބަލަމުންދާ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި މީހެކެވެ. މި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބާރުދޭ ހެކި ހުށަހަޅައިފައިވާ ކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ.
މިމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މި ދެ މީހުންގެ ފަރާތުން ބަންދަށް ލުއިދިނުމަށް އެދިފައިވެއެވެ. ނަމަވެސް، ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކޮށް ކޯޓުން ނިންމީ ބަންދުގައި ބޭތިއްބުމަށެވެ. މީގެ ތެރެއިން އުވައިސްއަކީ މީގެ ކުރިން ވެސް ހައްޔަރާއި ބަންދުގެ ރެކޯޑް އޮތް މީހެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ބަންދުގައި ހުރި މީހަކު ފިލަން އެހީވި ދެ މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ