އިރު މެދު ޖެހުނު ވަގުތު ރައީސް މައުމޫން އަވީގަ

މެންދުރު އިރު މެދުޖެހުނު ވަގުތު ރައީސް މައުމޫން އަވީގައި ހުއްޓިވަޑައިގެން ފޮޓޯ ފުޅެއް ނަންގަވައި އެތައް ބައެއްގެ ސަމާލުކަން ހޯދަައްވައިފިއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އަވީގައި ހުންނަވައިގެން ފޮޓޯފުޅެއް ނަންގަވާއު ޝެއާކުރައްވާފައެވެ.
"އިރު މެދުޖެހެން އެންމެ މިނެޓެއް. އިރު ހުރީ ސީދާ ބޮލާ ދިމާލުގަ. ހިޔަނިވަނީ ކިރިއާ،" މައުމޫނު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ. One minute before noon today. Sun directly overhead. Hardly any shadow. pic.twitter.com/8I1LSJ6uaW— Maumoon Abdul Gayoom (@maumoonagayoom) April 1, 2019
ބޮޑަށް ބެލެވޭގޮތުގައި ރައީސް މައުމޫނު މި ޓްވީޓް ކުރައްވާފައިވަނީ މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރެއް ކަމަށްވާތީއެވެ.
މިދުވަސް ވަރަކީ ހޫމު ދުވަސްވަރެއްކަމުން ގުނައިން ފެންބުއިމަށް އަދި ސަމާލުވުމަށް އެޗްޕީއޭއިން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. Was a pretty hot day Bappa!— Dunya Maumoon (@dunyamaumoon) April 1, 2019
ރައިސް މައުމޫން އަކީ ފަލަކީ އިލްމަށް ހާއްސަ ސަމާލުކަމެއް ދެއްވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ