ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން އިތުރުފުޅު ނުހެއްދެވުމަށް މަހުލޫފަށް އުމަރު ގޮވާލައިފި
ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން ރައްޔިތުންނަށް އިތުރުފުޅު ނުހެއްދެވުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފިއެވެ.އުމަރު މިފަދައިން ގޮވާލެއްވީ އޭނާއަށް ރައްދުވާ ގޮތަށް މަހުލޫފު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. މަހުލޫފު ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ލުޠުފީ ރާއްޖެ ގެންނަން ފުރުޞަތު ލިބުނު ކަމަށާ ނަމަވެސް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަމާ ދެކޮޅު ހެއްދެވި ކަމަށެވެ.އަދި ލުޠުފީ މަރުވަންދެން ލަންކާގައި ބެހެއްޓުމަށް އުމަރު ލަފާ ދެއްވި ކަމަށް. އެ ޓްވީޓަށް ރައްދެއްވާ އުމަރު ކުރެއްވި ފޭސްބުކު ޕޯސްޓެއްގައި ވަނީ ބަހަނާތައް ނުދައްކަވާ ލުޠުފީ ރާއްޖެ ގެނައުމަށް ގޮވާލައްވާފައެވެ.އަދި ވަޒީރެއްގެ ގޮތުގަތި ހުންނަވާ ރައްޔިތުންނަށް އިތުރުފުޅު ނުހެއްދެވުމަށް އުމަރުވަނީ ގޮވާލައްވާފައެވެ. އޮނަވި ސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ތަމަޅަ ކުލީ ސިފައިންގެ ބަޔަކާ ދިވެހިންގެ ޚާއިނުންތަކަކާ އެކުވެގެން ދިން އުދުވާނީ ހަމަލާގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި ހުންނެވި ހ.ހާޖަރާގޭ އަބްދުﷲ ލުޠުފީއަށް މިސަރުކާރުން ހިމާޔަތް ދެމުން އަންނަނިކޮށް އެކަން ދިވެހި ރައްޔިތުންނަށް ފަޅާ އަރުވާ ދެއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.އޭރު މިސަރުކާރުން ލުޠުފީއަށް ޑިޕްލޮމެޓިކް ހިމާޔަތް ދީގެން ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ފުރިހަމަ އިއްޒަތުގައި ގެންގުޅޭތާ ވަނީ ދެ މަހަށްވުރެ ގިނަވެފައެވެ. ނަމަވެސް ދިވެހި ސަރުކާރުން އެކަމާ ގުޅިގެން އެއްވެސް މައުލޫމާތެއް އެދުވަހާ ހަމައަށްވެސް ދިވެހި ރައްޔިތުންނަށް ހާމަކުރައްވާފައެއް ނުވެއެވެ.ނޮވެމްބަރ ތިނެއްގެ އުދުވާނީ ހަމަލާ ރޭވުމުގެ އިސް މޭސްތިރިއެއްގެ ގޮތުގައި ހުންނެވީ ރައީސް ޞޯލިހާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ބަފައިބެ ސިއްކަ އަހުމަދު އިސްމާއިލު މަނިކެވެ.ބޮޑު ސިއްކަ ފަންޑުކޮށްގެން ލުތުފީ އިސްވެ ހުރެ ރާއްޖެއަށް ދިން އެ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ވަނީ ޝަހީދުކޮށްލާފައެވެ. އެ ޙާދިސާއިން ދިވެހިން ނަސްރާ ކާމިޔާބު ލިބުނު ދުވަސް ދިވެހިން ފާހަގަކުރަމުން ދަނީ ނަޞްރުގެ ދުވަހުގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ