ހާއްސަ ކަވަރޭޖް: ހަމަނުޖެހުމުގެ ތެރޭގައި ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވަވައިފި

14:47 ރިޔާސީ ބަޔާން ރައީސް ވަހީދު އިއްވެވުމާއިއެކެ، މަޖިލީހުގެ ޖަލްސާވެސް ވަނީ ނިންމާލާފައި. މިހެން ކަމުން މިކަމަށްޓަކައި ސީއެންއެމްއިން ގެނެސްދިން ހާއްސަ ކަވަރޭޖް ނިމުނީ.
14:15 ރައީސް އޮފީހުން ބުނީ މިއަދު ރައީސް ވަހީދު އިއްވެވީ އިއްވަވަން ހަމަޖެހިފައިވާ ރިޔާސީ ބަޔާން ކުރުކޮށްލުމަށްފަހުގައި ކަމަށް.
14:12 ރިޔާސީ ބަޔާން އިއްވަވާ ނިންމެވުމަށްފަހު، ރައީސް ވަހީދު މަޖިލީސް ދޫކޮށް ވަޑައިގެންފި ކަމަށް މައުލޫމާތު ލިބޭ.
14:07 ރައީސް ވަހީދުގެ ރިޔާސީ ބަޔާނުގެ ދިގުމިން އުޅެނީ ގާތްގަނޑަކަށް 03 މިނެޓު ވަރު. ބަޔާން އިއްވަވާ ނިންމަވާލެއްވުމަށްފަހު، މަޖިލީހުގެ ޖަލްސާ ރިޔާސަތުން ނިންމަވާލައިފި.
14:06 އަނެއްކާވެސް ރިޔާސީ ބަޔާން އިއްވަވަން ފައްޓަވައިފި. އިދިކޮޅު މެމްބަރުން މަޖިލީހުގައި ދަނީ އިހުތިޖާޖުކުރަމުން. ރިޔާސަތު މޭޒުގެ ކައިރީގައި ތިއްބަވައިގެން މެމްބަރުން ދަނީ ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވަވާއިރު، ހުރަސް އަޅަމުން.
14:05 އަނެއްކާވެސް، ރައީސް ވަހީދާއި، މަޖިލީހުގެ ރައީސް ޝާހިދު ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރަށް ވަދެއްޖެ ކަމަށް ބައެއް މެމްބަރުން މައުލޫމާތުދޭ.
14:00 ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރުމަށް ފުލުހުން ކެނެރީގެއަށް ދޮށަށް ގޮސްފައިވާ ކަމަށް ހަބަރު ލިބިއްޖެ.
13:55 މުޒާހަރާގެ ތެރެއިން ފުލުހުންނަށް ބަޔަކު ތޫނު ހަތިޔާރުން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެފި.
13:52 މަޖިލީހުގެ ޗެމްބަރުން މަނަދޫ ދާއިރާގެ މެމްބަރު ތޯރިގު ނެރުމަށް ސިފައިން ދަނީ މަސައްކަތްކުރަމުން.
13:40 ސޯސަން މަގާއި، މަޖީދިއްޔާ ކައިރިއަށް އަނެއްކާވެސް އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން ޖަމާވަމުންއެބަދޭ.
13:36 ރައީސް ވަހީދު ވަނީ ތިންވަނަ ފަހަރަށް ރިޔާސީ ބަޔާން އިއްވަވަން މަސައްކަތްކޮށް، ބަޔާނުގެ ފެށުން އިއްވާފައި.
13:30 މޯލްޑިވިއަން ރެޑް ކްރެސެންޓުން މިހާތަނަށް މިއަދު އަނިޔާވެފައިވާ 8 މީހަކަށް ފަރުވާދީފައިވާ ކަމަށް ބުނެފި.
13:29 މަޖިލީހުގެ ރިޔާސަތުން ވަނީ މަނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގުގެ ނަންފުޅު އިއްވުމަށްފަހު، ރިޔާސަތުން ވަނީ މަޖިލީހުގެ ޖަލްސާ މެދުކަނޑާލާފައި.
13:28 ރައީސް މެދުކެނޑުމެއް ނެތި، ރިޔާސީ ބަޔާން އިއްވަމުންދާއިރު، ރިޔާސަތުން ދަނީ މަޖިލީހުގެ މެމްބަރުންގެ ނަންފުޅުތައް އިއްވަވަމުން.
13:27 މެމްބަރުން ދަނީ އިހުތިޖާޖުކުރަމުން. ރައީސް ވަހީދަށް ހުރަސްއެޅުމަށް އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން ދަނީ މަސައްކަތްކުރަމުން.
13:26 ރައީސް ވަހީދު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަން ފައްޓަވައިފި.
13:25 ރައީސް ވަހީދު ޓުވިޓަރގައި....
"އަޅުގަނޑު މުޅި އުމުރު ހޭދަކުރީ މިވަގުތައް. ގާނޫނުގެ އަގު ހިފަހައްޓާނަން" (ދިވެހި ތަރުޖަމާއެއް)
13:20 މާފަންނު ދެކުނު ދާއިރާގެ މެމްބަރު ބޮންޑާ މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގެންފި.
13:18 ރައީސް ވަހީދު ޓުވިޓަރގައި...
"އަޅުގަނޑު މިމަގާމަށް އިންތިހާބުކުރީ ދިވެހި ރައްޔިތުން. އަޅުގަނޑުގެ ގާނޫނީ ވާޖިބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ