އެލްޖީއޭގެ ރައީސަކަށް އުމަރު ނަސީރު އިންތިޚާބުކޮށްފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްގެ މަގާމަށް އެ އޮތޯރިޓީގެ ބޯޑު މެމްބަރު، އަދި މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު މިއަދު އިންތިޚާބުކޮށްފި އެވެ.
އެމަނިކުފާނު މި މަގާމަށް އިންތިޚާބުކުރީ މިއަދު ބޭއްވި މި އަހަރުގެ ތިން ވަނަ ބޯޑު ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ހަތް މެމްބަރުންގެ އިއްތިފާގުން ކަމަށް އެލްޖީއޭއިން މައުލޫމާތު ދެއެވެ.
ޖުމުލަ ނުވަ މެމްބަރުން ތިއްބަވާ ބޯޑުގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވީ ވެސް އުމަރު ނަސީރު އެކަނި ކަމަށް ވެސް އެލްޖީއޭއިން މައުލޫމާތު ދެއެވެ.
އުމަރު ނަސީރަކީ ގާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެލްޖީއޭގެ ބޯޑަށް ޢައްޔަންކުރައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރެވެ. އެމަނިކުފާނު އެލްޖީއޭގެ ބޯޑަށް އައްޔަންކުރެއްވީ ހުސްވި މަހުގެ 21 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ