ކަރަންޓް ކެނޑޭތީ ނެއްލައިދޫގައި މުޒާހަރާކުރަނީ

ހދ. ނެއްލައިދޫން ކަރަންޓް ކެނޑޭތީ އެ ރަށުގެ ރައްޔިތުން ނިކުމެ މުޒާހަރާކުރަން ފަށައިފި އެވެ.
ނެއްލައިދޫ ކައުންސިލް މެމްބަރު ފާރޫގު އާދަމް ވިދާޅުވީ ކަރަންޓް ކެނޑޭ މައްސަލައާ ގުޅިގެން އެރަށުގެ ރައްޔިތުން މުޒާހަރާކުރަން ފެށީ މިއަދު ހެނދުނު ކަމަށެވެ.
އެ ރަށުގައި ބޭނުންކުރަމުންދާ ދެ އިންޖީނަށް ވެސް މައްސަލަތަކެއް ދިމާވެ މުޅި ރަށަށް އެއް ފަހަރާ ކަރަންޓް ނުދެވޭތީ 6 މަސް ވެފައިވާކަމަށާއި އެ ދެ އިންޖީނަށް މައްސަލަ ޖެހޭއިރަށް ލޯންޗެއްގައި ބަޔަކު އައިސް މައްސަލަ ހައްލުކުރަން މަސައްކަތް ކުރާކަމަށެވެ.
ރަށުގެ ކޮންމެވެސް އެއް ސަރަހައްދަކަށް އަބަދުވެސް ކަރަންޓްގެ ހިދުމަތް ފޯރުކޮށްނުދެވި އޮންނަ ކަމަށާއި އަދި ރޭ ރަށުގެ ބޮޑު ސަރަހައްދެއްގައި ކަަރަންޓް ނެތްކަމަށް ވެސް ފާރޫގު ވިދާޅުވި އެވެ.
ރަށުން ކަރަންޓް ކެނޑޭ މައްސަލަ ތަކުރާރުކޮށް ފެނަކަ ކޯޕަރޭޝަނުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި ނަމަވެސް އެކަމަށް ހައްލެއް ލިބިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ