ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ އެޕާޓީއިން ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަށް ރައީސް މައުމޫންގެ ތައުރީފުގެ ބަސްތަކެއް ރައްދުވެއްޖެއެވެ.
ޖުމުހޫރީ ޕާޓީގެ ފަރާތުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ޓިކެޓު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވެފައިވަނީ މިއަދު ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްވުމަށް އެމްޑީޕީއާއި ޖޭޕީ ޓިކެޓުގައި ވާދަކުރައްވައި ހޮވިވަޑައިގަތުމުން ޕާޓީ ބަދަލުކުރެއްވި މެމްބަރުން އެނބުރި ޕާޓީތަކަށް ރުޖޫއަ ވާން ޖެހޭ ކަމަށެވެ.
އަދި ގާނޫނު އަސާސީއާއި ޚިލާފަށް ރައީސް ޔާމީންގެ ސަރުކާރުން ތަކުރާރުކޮށް ކުރައްވަމުން އަންނަ ކަންތައްތަކަށް އަމާޒުކޮށް ވާހަކަ ދައްކައި ގާސިމް ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އިތުރަށް ގާސިމް ވިދާޅުވެފައިވަނީ އެމްޑީޕީއާއި ޖޭޕީ އިން ވަކިވެވަޑައިގަތް މެމްބަރުން ޕާޓީތަކާއި އަލުން ގުޅުމަށް ލަދުގަންނަން ނުޖެހޭ ކަމަށާއި ސަރުކާރުން ގާނޫނާއި ޚިލާފަށް ކަންތައް ކުރާނަމަ އެކަމަށް ބަސް ބުނެވެން ޖެހޭނެ ކަމަށެވެ.
ގާސިމްގެ މިވާހަކަފުޅާއިމެދު ގަޔާވެ ކުރީގެ ރައީސް މައުމޫން ވަނީ ގާސިމް ދެއްކެވި ވާހަކަ އަށް ތައުރީފްކޮށް ޓުވީޓެއް ކޮށްފައެވެ.
މައުމޫން ވިދާޅުވެފައިވަނީ ގާސިމް ވިދާޅުވި ވާހަކައަކީ ރަނގަޅު ވާހަކައެއް ކަމަށާއި ކުރައްވާ މަސައްކަތަށް ސާބަސް ދޭ ކަމަށެވެ.
ގާސިމް އިބްރާހީމަށް މައުމޫން ތައުރީފް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ