މިޞްރުގެ ބޮޑުވަޒީރު ޤަންދީލު ޖަލަށްލައި މަޤާމުން ވަކިކުރުމަށް އެޤައުމުގެ އިސްތިއުނާފީ ކޯޓުން ތާއިދުކޮށްފި
މިޞްރުގެ އަސްކަރިއްޔާއިން އެޤައުމުގެ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުރުސީ-حفظه الله- ގެ ވެރިކަން އަސްކަރީ ބަޣާވާތަކުން ވައްޓާލުމުގެ ކުޑައިރުކޮޅެއްކުރިން މުރުސީގެ ސަރުކާރުގެ ބޮޑުވަޒީރު ހިޝާމް ޤަންދީލު މަޤާމުން ވަކިކޮށް އެއްއަހަރުދުވަހަށް ޖަލަށް ލުމަށް ދަށުކޯޓުން ކޮށްފައިވާ ޙުކުމަށް މިޞްރުގެ އިސްތިއުނާފީ ކޯޓުން ތާއިދުކޮށްފިއެވެ.މިދިޔަ އެޕްރީލުމަހުގެ ތެރޭގައި ޤަންދީލުގެ މައްޗަށް ދަށުކޯޓުން މިގޮތަށް ޙުކުމު ކުރީ މިޞްރުގެ އަނިޔާވެރި ވެރިޔާ ހުސްނީ މުބާރަކުގެ ވެރިކަމުގައި ސަރުކާރުގެ ކާރުޚާނާއެއް ޕުރައިވެޓައިޒުކޮށްފައިވަތީ އެކަންތައް ބާޠިލުކޮށް އެ ކާރުޚާނާ މިޞްރުގެ ސަރުކާރުގެ ކާރުޚާނާއަކަށް ހަދަށް ކޯޓުން ކޮށްފައިވާ ޙުކުމު ބޮޑުވަޒިރު ޤަންދީލު ތަންފީޒު ނުކުރިކަމުގެ ތުހުމަތުގައެވެ. މިތުހުމަތުގައި މިޞްރުގެ ދަށު ކޯޓުން ޤަންދީލު ބޮޑުވަޒީރުކަމުން ވަކިކޮށް އެއްއަހަރަށް ޖަލަށްލުމަށް ވަނީ ޙުކުމުކޮށްފައެވެ. އަދި މި ޙުކުމަށް އިސްތިއުނާފީ ކޯޓުން ތާއިދުކޮށްފައިމިވަނީއޭގެ ދެމަސްވަރަކަށް ފަހުންކަށް ފާހަގަކުރެވެއެވެ. އަދި މިޙުކުމަށް އިސްތިއުނާފީ ކޯޓުން ތާއިދުކުރިތާ ކުޑަ ހިނދުކޮޅެއްފަހުން މިޞްރުގެ އަސްކަރިއްޔާއިން ވަނީ އެޤައުމުގެ އިންތިޚާބީ ވެރިކަށް ވައްޓާލާ ޤައުމުގެ ޤާނޫނީ އަސާސަށް ވަގުތީ ގޮތުން ޢަމަލުކުރުން ހުއްޓާލާފައެވެ.ހިޝާމު ޤަންދީލު ބޮޑުވަޒީރުކަމަށް މިޞްރުގެ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުރުސީ-حفظه الله- ހަމަޖެއްސެވީ 24 ޖުލައި 2012 ގައެވެ.މަޞްދަރު:އިސްލާމް މެމޯ : ރޮއިޓާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ