"ރައްޔިތުން ސިނަމާލެ ބުރިޖަށް ވެދުމާދިއުން" ސެޕްޓެމްބަރ 1ގައި
ސިނަމާލެ ބުރިޖަށް ފުރަތަމަ ފަހަރަށް އެރުމުގެ ފުރުސަތު ސެޕްޓެމްބަރ މަހުގެ 1ވަނަ ދުވަހު ހުޅުވާލަން ހައުސިންގ މިނިސްޓްރީން ނިންމައިފިއެވެ"ރައްޔިތުން ސިނަމާލެ ބުރިޖަށް ވެދުމާދިއުން" މި ނަމުގައި ކުރިއަށްގެންދާ ޚާއްސަ ހަރަކާތަކީ އާއިލާއާއިއެކު ވަގުތު ހޭދަކޮށްލުމަށް ލިބިގެންދާނެ ބޮޑު ފުރުސަތެކެވެ. 1 ސެޕްޓެމްބަރުގައި ބާއްވާ މި ޚާއްސަ އާއިލީ ހަވީރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހަވީރު 16:00ގައެވެ. އަދި މި ހަރަކާތް ކުރިއަށްގެންދާން ހަމަޖެހިފައިވަނީ ބޮޑުތަކުރުފާނު މަގުން ދަރުބާރުގެއާއި ދިމާލުގައެވެ. ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުވަނީ ސިނަމާލެ ބްރިޖަކީ ރައްޔިތުންނައްޓަކާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެޅުއްވި ބްރިޖެއްކަމަށާއި އެމަނިކުފާނު ބޭނުންވަނީ ހުރިހާ ރައްޔިތުންނަށްވެސް ބުރިޖުގެ އުފާ ހާސިލުވުމަށްކަމަށް ވިދާޅުވެފައެވެ. އަދި އެ ފުރުސަތުގެ ދަށުން ދިވެހި ރައްޔިތުންނަށް ބުރިޖަށް އަރައި ފޮޓޯ ނެގުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ