ޤާޞިމަށް އަނިޔާވެރި ވާއިރު ރައީސް މައުމޫން ލަދުފުޅު ގަންނަން ޖެހޭ : ޢަދާލަތު ޕާޓީގެ ރައީސް

ޕީޕީއެމްގެ ސަރުކާރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާޞިމު އިބުރާހީމަށް އަނިޔާވެރި ވާއިރު ރައީސް މައުމޫން ލަދުފުޅު ގަންނަން ޖެހޭ ކަމަށް ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމް އިބްރާހީމް ރައީސް ޔާމީނަށް ތާއީދުކުރެއްވީ މައުމޫން އާދޭސް ކުރައްވައިގެން ކަމަށާއި އެހެންކަމުން ޕީޕީއެމްގެ ވެރިކަމުގައި ގާސިމަށް އަނިޔާވެރި ވާހިނދު އެކަމާއި މައުމޫން ލަދުގަންނަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.Qasim RY ah thaaeedh kurevvee R MAG aadheys kurahvaigen. PPM ge verikamugai QI ah aniyaaverivaahindhu R MAG ladhufulhugen vadaigannavanjehey— Imran (@ShImranAb) March 2, 2015މީގެ އިތުރުން އިއްޔެ ރިޔާސީ ބަޔާން އިއްވެވި ވަގުތު އިދިކޮޅު ފަރާތްތަކުން އަޑުގަދަކޮށް ހެދުމާއި ގުޅިގެން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން މިހާރު އިހްސާސް ކުރައްވަމުން އެގެންދަވަނީ އެމަނިކުފާނު ވެރިކަމަށް ގެނައި ކޯލިޝަން ރޫޅާލުމުގެ ހިތިކަން ކަމަށެވެ.Raees yaameen mihaaru e ihsaas kurahvanee verikan genai coalition roolhaalumuge hithikan. pic.twitter.com/1bSBcEHikm— Imran (@ShImranAb) March 2, 2015
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ