ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި މަރުވެފައި އޮއްވައި ފެނުނީ ދިވެއްސެއް ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި މަރުވެފައި އޮއްވައި ފެނުނީ ދިވެއްސެއް

ރޭގައި ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ތިން މީހުންގެ ތެރެއިން މަރުވެފައި އޮއްވައި ފެނުނީ ދިވެއްސެއް ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފުލުުހުން ފޮނުވި މެސެޖެއްގައި ބުނީ އެ ހާދިސާގައި މަރުވެފައި ވަނީ އަހުމަދު ޝިފާން، 38، ސަރުސޫނުގެ، ގއ. ދިއްދޫ ކަމަށެވެ.
އޭނާގެ ހަށިގަނޑު އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމަށް ފެނުނީ މިއަދު ހެނދުނު އެވެ. އޭނާގެ އިތުރުން އެ ކޮޅުވެއްޓީގައި ދަތުރުކުރި ދެ މީހަކު ގެއްލިގެން ފުލުހުންނާއި ސިފައިން ދަނީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މެރިން ޕޮލިސްއިން ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލީ ރޭ މެންދަމު 3:48 ހާއިރު އާއިލާފުށި ރިސޯޓާ އެއް މޭލު ބޭރަށް ކަމަށެވެ.
އެ އުޅަނދުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކު ތިބީ އޭގައި އޮތް އެކްސްކެވޭޓަރެއްގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް މެރިން ޕޮލިހުން ބުނެފައިވެ އެވެ.
ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ކޯސްޓުގާޑާއި ފުލުހުން ގުޅިގެން ކުރަމުންދާ ކަމަށް މެރިން ޕޮލިސްއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ