މާލެއިން ނައިފަރަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި މާލެއިން ނައިފަރަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި

މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ދިޔަވަމުން ދާތި އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ދާދި ދެންމެއަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދިޔަވަމުން ދަނީ ނަސްރު ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. އެ ބޯޓުގައި ތިބި ފަސް ފަޅުވެރިން ކޯސްޓުގާޑުގެ ހާބާ ކްރާފްޓަށް ނަގާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
"މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ދިޔަވާތީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑު، ކޯސްޓުގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވެ އެ ބޯޓުން ދަތުރުކުރަމުންދިޔަ ފަސް ފަޅުވެރިން ވަނީ ކޯސްޓްގާޑް ހާބާ ކްރާފްޓަށް ނަގާފައި،" އެމްއެންޑީއެފް އިން ކުރި ޕޯސްޓުގައި ބުންޏެވެ.
ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ މައުލޫމާތު ލައިވްކޮށް ފެންނަން ހުންނަ ފޮލޯމީ އެޕުން ދައްކާގޮތުން، އެ ބޯޓު މިހާރު އޮތީ ޅ. އޮޅުވެލިފުށްޓާ ދިމާލުން ބޭރުގަ އެވެ.
ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ވެސް ކޮށްފަ އެވެ.
ރޭގެ ވަގުތެއްގައި ވަނީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ވެސް ބަންޑުން ޖަހާލައިފަ އެވެ. އެ ކޮޅުވެއްޓީގައި ދަތުރުކުރި ހަތް މީހުންގެ ތެރެއިން ތިން މީހުން ގެއްލިގެން ހޯދަމުން ދަނިކޮށް އޭގެތެރެއިން އެކަކުގެ ހަށިގަނޑު މިއަދު ވަނީ ފެނިފަ އެވެ. އެއީ އަހުމަދު ޝިފާން، 38، ސަރުސޫނުގެ، ގއ. ދާންދޫ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ