މާލެއަތޮޅު އެރިއަދޫއަށް ދަތުރުކުރަމުންދަނިކޮށް ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި 38 އަހަރުގެ ދިވެހި ފިރިހެނެނަކު ނިޔާވެއްޖެ!

ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމުން ޙޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފެނިފަވަނީ، ގއ.ދާންދުއަށް ނިސްބަތް އަޙުމަދު ޝިފާންއެވެ. އޭނާގެ ހަށިގަނޑު މޫދު އަޑިން ފެނިފަވަނީ މިއަދު ހެނދުނު 08:04 ގައިކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މާލެއަތޮޅު އެރިއަދޫއަށް ދަތުރުކުރަމުންދަނިކޮށް ބަނޑުންޖަހާލާފައި ވަނީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓިއެކެވެ. މި ޙާދިސާގައި ނިޔާވި މީހާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ވަނި ތަޢުޒިޔާ ފޮނުއްވާފައެވެ.
ރައީސްގެ ތައުޒިޔާގެ މެސެޖްގައި ވިދާޅުވީ އެ އުޅަނދުން ދަތުރުކުރި އެކަކު ނިޔާވެފައިވަނިކޮށް ފެނުނު ޚަބަރު އަޑުއެހީ ފުން ހިތާމައާއެކު ކަމަށާއި، މަރްޙޫމަށް ﷲގެ ރުއްސެވުމާއި ފުއްސެވުމަށް އެދި ދުޢާކޮށް، އެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށް ދެއްވުން އެދޭކަމަށެވެ.
ރައީސްގެ ޕޯސްޓްގައި ވިދާޅުވީ މި ޙާދިސާގައި ދެން ގެއްލިފައިވާ 2 މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ޚާއްޞަ ސަމާލުކަމަކާއެކު ކުރަމުން ގެންދާނެކަމަށެވެ. އަދި އެ އާއިލާތަކަށް ކެތްތެރިކަންދެއްވުމަށް އެދި ދުޢާކުރެއްވިއެވެ. އަދި ގެއްލިފަވާ ދެ މީހުން ހެޔޮ ޙާލުގައި ތިއްބާ ފެނުމަށާއި މިހާތަނަށް ސަލާމަތްވި މީހުންނަށް ކުރިމަތިވި ޞިއްޙީ އަދި ނަފްސާނީ ދަތިތަކަށްވެސް އަވަހަށް ޝިފާ ލިބި، ޢާއްމު ޙާލަތަކަށް އައުމަށް އެދި ދުޢާކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ