އުރީދޫން ދިވެހި ވިޔަފާރިތަކަށް ގޫގުލް ވޯކް ސްޕޭސް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގޫގްލް ވޯކް ސްޕޭސް ތަޢާރަފުކުރަން އުރީދޫ މޯލްޑިވްސްއިން ގޫގުލް ކްލައުޑާ އެކު ޕާޓްނާޝިޕެއް ހަދައިފިއެވެ. ގޫގުލް ވޯކްސްޕޭސްއަކީ ކްލައުޑް ބޭސްޑް ޕްލެޓްފޯމެކެވެ. މިއާ އެކު ޖީމެއިލް މެދުވެރިކޮށް ޕްރޮފެޝަނަލް އީމެއިލް، ގޫގުލް ޑްރައިވް މެދުވެރިކޮށް ރައްކާތެރި ކްލައުޑް ސްޓޯރޭޖް، ގޫގުލް ޑޮކްސް، ގޫގުލް ޝީޓްސް އަދި ގޫގުލް ސްލައިޑްސް ފަދަ ކޮލަބްރޭޓިވް ޓޫލްސްތަކުގެ އިތުރުން ގޫގުލް ކަލަންޑަރާ އެކު ޝެޑިއުލް ކުރުމާއި ގޫގުލް މީޓް އަދި ގޫގުލް ޗެޓް މެދުވެރިކޮށް ވާޗުއަލް މީޓިންތައް އަވަސް އަދި ރައްކާތެރިކަމާ އެކު ކުރިއަށް ގެންދެވޭނެއެވެ. މި ކަމުގެ ސަބަބުން ކުންފުނިތަކަށް ލިބޭ ފައިދާ ޕާސަނަލައިޒްޑް ބިޒްނަސް އީމެއިލް: ޕްރޮފެޝަނަލް، ބްރޭންޑެޑް އީމެއިލް އެޑްރެސްތަކާ އެކު ކްރެޑިބިލިޓީ ގާއިމުކުރުން. ކޮލަބަރޭޝަން ރަނގަޅުކުރުން: ޑޮކިއުމެންޓްސް، ސްޕްރެޑްޝީޓް، އަދި ޕްރެޒެންޓޭޝަންތައް ކޮންމެ ތާކުން ވެސް ރިއަލް ޓައިމްގައި ބަދަލުކުރެވޭނެ ސެކިއުރިޓީ ކްލައުޑް މެނޭޖްމަންޓް: އިންޓެގްރޭޓެޑް ސެކިއުރިޓީ އަދި ކޮމްޕްލަޔަންސް އެކުލެވިގެންވާ ޑިޕެންޑަބަލް، ކްލައުޑް ބޭސްޑް ޓޫލްސް. ސްމޫތު ޕްރޮޑަކްޓިވިޓީ: ޖީމެއިލް، މީޓް، ޑްރައިވް، ޑޮކްސް އަދި އެ ނޫން ވެސް ވަސީލަތްތަކަށް ފަސޭހަކަމާއެކު ބަދަލުވުން. ރިމޯޓްކޮށް މަސައްކަތް ކުރުން: ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ އެކަށޭނަ އަދި އެފިޝަންޓް ކަމާއެކު މަސައްކަތް ކުރުން. ކުދި އޮފީސްތަކާއި ބޮޑެތި ވިޔަފާރިތައް. ލޯކަލް ބިލް އެންޑް އެސިސްޓެންސް: އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ރަޖިސްޓްރޭޝަން، ފްލެކްސިބަލް ލައިސަންސިން، ކޮމްޕެޓިޓިވް ރޭޓް، އަދި ރިލަޔަބަލް ލޯކަލް ސަޕޯޓްގެ ފައިދާ ލިބޭނެ އުރީދޫގެ އަމާޒަކީ މިހާރުގެ ޑިޖިޓަލް މާހައުލުގައި ރާއްޖޭގެ ވިޔަފާރިތައް ކާމިޔާބުވުމަށް އެހީތެރިވެދިނުން،އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހައްމާދީ އޭނާ ވިދާޅުވީ، މިއީ ޓެކްނޮލޮޖީ އަށް ވުރެ މާ ބޮޑު ކަމެއް ކަމާށެވެ. އެއީ، ވާދަވެރި ދުނިޔޭގައި ހުރިހާ ސައިޒެއްގެ ވިޔަފާރިތަކަށް ހަގީގީ އަގު ހޯދައިދީ، އެ ވިޔަފާރިތަކުގެ ކުރިއެރުމާއި، އީޖާދީ އަދި ކާމިޔާބީއަށް އެއްބާރުލުން ދިނުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. "ގޫގުލް ވޯކްސްޕޭސްއާ އެކު އުރީދޫ ބިޒްނަސް މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ސްޓާޓްއަޕް އަދި ބޮޑެތި ކުންފުނިތައް ހިމެނޭ ގޮތަށް ގުޅިގެން މަސައްކަތް ކުރާނެ ގޮތް ބަދަލުކޮށްލާ، މަގްސަދުތައް ހާސިލުކުރުމަށް މަގުފަހިކޮށްދޭނެ" އުރީދޫ މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާ ވިދާޅުވިއެވެ. ގޫގުލް ވޯކްސްޕޭސް ތައާރަފުކުރުމުގެ ސަބަބުން އުރީދޫ މޯލްޑިވްސްއިން ވިޔަފާރިތަކަށް ޚާއްސަ ގޫގުލް ވޯކްސްޕޭސް ޕްލޭންތައް ލިބޭނެއެވެ. މި އިނީޝިއޭޓިވްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ކުރިއަރަމުން އަންނަ ޑިޖިޓަލް އިކޮނޮމީގައި ވާދަވެރި، މުސްތަގުބަލަށް ތައްޔާރުވުމަށް އެހީތެރިވެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ