ފަގީރުންގެ ދަފްތަރުގައި ތިބި 14 މީހަކަށް ޒަކާތު ފަންޑުން ފްލެޓު ޑައުންޕޭމެންޓު ދައްކައިދެނީ

ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީވެފައި ތިބި މީހުންގެ ތެރެއިން ފްލެޓު ލިބުނު މީހުން ފްލެޓަށް ދައްކަން ޖެހޭ ޑައުންޕޭމެންޓް ޒަކާތު ފަންޑުން ދައްކައިދޭން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ޒަކާތު ހައުސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފަގީރުންގެ ދަފްތަރުގައި ހިމެނޭ ބައެއް މީހުންނަށް ސޯޝަލް ހައުސިން ލިބި، އެ ޔުނިޓުތަކަށް ދައްކަންޖެހޭ ޑައުން ޕޭމެންޓު ނުދެއްކިގެން އުޅޭކަން ޒަކާތު ހައުސްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ތަފްސީލް - ފަގީރުންގެ ދަފްތަރުގައި ހިމެނޭ 14 މީހަކަށް ފްލެޓުގެ ޑައުންޕޭމެންޓުގެ ގޮތުގައި ދައްކަންޖެހޭ 340،000ރ. ޒަކާތު ފަންޑުން ދައްކައިދޭނެ ކަމަށް އެ ފަންޑުން ބުންޏެވެ.
ޒަކާތު ހައުސް އިން ބުނީ އެ ފައިސާ ސީދާ އަމިއްލަ އެކައުންޓަށް ޖަމާކޮށްދިނުމުގެ ބަދަލުގައި ފައިސާ ދައްކާނީ ކަމާ ގުޅުންހުރި އިދާރާއަށް ކަމަށެވެ. އަދި އެމީހުންގެ ދިރިއުޅުމުގެ ހާލަތަށް އަންނަ
ބަދަލަށް ބަލާ، ފަގީރުކަމުގެ ހާލަތު އަލުން ރިވިއުކޮށް ބަލާނެ ކަމަށް ވެސް ބުންޏެވެ.
ޒަކާތު ހައުސް އިން ބުނީ: ފަގީރުކަމުގައި ތިބި
މީހުން ތަނަވަސް ހާލަތަކަށް ގެނައުމަކީ ޒަކާތު ހައުސްގެ ވަރަށް
މުހިއްމު މަގުސަދެއް
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ޒަކާތު ބެނެފެޝިއަރީ ކާޑެއް ތައާރަފު ކުރަން އަންނަނީ މަސައްކަތް ކުރަމުން
މި ކާޑު ތައާރަފު ކުރުމުން ސިއްހީ ހިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރުނުކުރާ ހަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދޭނެ
ރޯދަ މަހު ކާބޯތަކެތި ގަތުމާއި ބޯހިޔާވަހިކަމާއި ތައުލީމާ ގުޅުންހުރި އެހީތައް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ