އުރީދޫ މޯލްޑިވްސް އިން ފަން ރަން ބިބްސް މުލީ މެދުވެރިކޮށް ގަންނައިރު ނަން ޖަހާ ގޮތަށް ހާއްސަ ލިމިޓެޑް ޓައިމް އޮފާއެއް މިއަދު ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - އުރީދޫ ފަން ރަން 2025 އޮތީ އަންނަ 19 ޑިސެމްބަރުގައި ހުޅުމާލޭގަ އެވެ.
ތަފްސީލް - މި އަހަރުގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ފަން ކިޓްތަކަށް އޯޑަރު ކުރެވޭނީ އަންނަ މަހުގެ 14ގެ ނިޔަލަށެވެ.
ފަން ކިޓް ގަތުމަށް:
އުރީދޫ ފަން ރަން ވެބްސައިޓަށް ވަދެލާ
ބޭނުންވާ ކިޓް އަދި ސައިޒް ނެގުމަށް ފަހު ކާޓަށް އެޑް ކޮށްލާ
ބިބް ޕާސަނަލިޒް ކުރުމަށް ގިނަވެގެން 7 އަކުރުގެ ނަމެއް 'ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސް'ގައި ލިޔޭ
އޯޑަރު ކޮންފާމް ކުރުމަށް ފައިސާ ދައްކާލާ
އުރީދޫ ފަން ރަންގައި ބޭނުންވާ ނަމެއް ޖަހާލައިގެން ދުވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ވަކި މުއްދަތަކަށެވެ.
އުރީދޫގެ ފަން ރަންގެ ބިބްގައި އަމިއްލަ ނަން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ