ބީއެމްއެލްއިން ވަގުފް އިމާރާތްތަކާއި ފަންޑަށް ފައިސާ ދެނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އިސްލާމިކް މިނިސްޓަރީއާ ދެމެދު ވަގުފްތައް ތަރައްގީ ކުރުމަށާއި އިސްލާމިކް ފައިނޭންސިން ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަށް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މި އެއްބަސްވުމުގައި ސޮއިކުރެއްވީ:
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު 
ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފް
ތަފްސީލް - މި އެއްބަސްވުމުގެ ދަށުން:
ހުޅުމާލޭގައި އިމާރަތްކުރާ ދާރުއްސަލާމް އިމާރާތާއި މާލޭގައި އިމާރަތްކުރާ ދާރުލް އަރްގްމްއަށް ބޭނުންވާ މާލީ އެހީތެރިކަން އިސްލާމިކް ފައިނޭންސްގެ އުސޫލުން ހަމަޖައްސައިދޭނެ 
ވަގުފް ފަންޑް އިތުރަށް ފުޅާކުރުމަށް ބީއެމްއެލް އިން އެހީވެދޭނެ 
އިސްލާމީ މާލީ ދާއިރާއަށް ހޭލުންތެރިކަން އިތުރުކުރުމަށާއި އިސްލާމީ މާލީ ދާއިރާގެ ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރާނެ
ބުނީ ކީިކޭ؟ - "އިސްލާމީ މާލީ ނިޒާމު ކުރިއެރުވުމަށާއި ވަގުފް ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާ އެކު ގުޅިގެން މަސައްކަތްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ޝަރީފު ވިދާޅުވި އެވެ.
"އިސްލާމިކް ފައިނޭންސިން އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ފޯރުކޮށްދޭ ބޭންކުގެ ހައިސިއްޔަތުން އިސްލާމިކް ބޭންކިން އާއި އިސްލާމިކް ސޯޝަލް ފައިނޭންސް ތަރައްގީކޮށް ހަރުދަނާކުރުމަށް މި ބޭންކުން އަބަދު ވެސް އަންނަނީ މަސައްކަތްކުރަމުން."
އެނގުން މުހިންމު - އިސްލާމިކް ފައިނޭންސް ދާއިރާ ހަރުދަނާ ކުރުމަށާއި އިޖްތިމާއީ ތަރައްގީ ކުރިއެރުވުމަށް ބީއެމްއެލް އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި، އިސްލާމިކް ޔުނިވަސިޓީގެ ސަނާބިލް ސްކޫކްގެ ޖުމްލަ އަދަދަށް ބީއެމްއެލް އިން ސަބްސްކްރައިބް ކުރުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ