ދިރާގު x އައިސިކް ކާޑަށް ސަބްސްކްރައިބްކޮށްގެން ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - އަންނަ ޑިސެމްބަރު 31ގެ ކުރިން ދިރާގު x އައިސިކް ކާޑަށް ސަބްސްކްރައިބް ކުރާ ކޮންމެ ދަރިވަރަކަށް މި ގުރުއަތުގައި ބައިވެރިވެވޭނެ އެވެ.
ތަފްސީލް - ދިރާގު x އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑަކީ ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ، ދަރިވަރުންގެ މެދުގައި މަގުބޫލު ކާޑެކެވެ. މި ކާޑަކީ:
ދުނިޔޭގެ 130އަށް ވުރެ ގިނަ ގައުމުން ބަލައިގަންނަ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 150،000އަށް ވުރެ ގިނަ ޑިސްކައުންޓްތަކާއި އެހެނިހެން ފައިދާތައް ލިބޭ ކާޑެއް
ރާއްޖޭގެ 50އަށް ވުރެ ގިނަ ތަންތަނުން ޑިސްކައުންޓްތަކާއި ދަރިވަރުންނަށް ހާއްސަ ދިރާގު ހޮޓްޑީލް ހިމެނޭ
ރާއްޖޭގައި ކިޔަވާ 18 އަހަރުން މަތީގެ ދަރިވަރުންނަށް ހާއްސަކޮށްފައިވާ މި ކާޑު މެދުވެރިކޮށް އަހަރަކު 100ރ.ގެ ސަބްސްކްރިޕްޝަނަކުން މި ހުރިހާ ފައިދާތަކެއް ލިބޭނެ އެވެ.
ދިރާގު x އައިސިކް ކާޑުން ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ