ސިވިލް ކޯޓުގެ ފަނޑިޔާރު މުހައްމަދު ހަލީމް ފަނޑިޔާރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ހަލީމް އިސްތިއުފާ ދެއްވައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، އިސްތިއުފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރައްވާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.
އަދި މިހާރު ތިއްބެވި ހުރިހާ ފަނޑިޔާރުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށްވެސް ސިޓީގައި ހަލީމް ފާހަގަކުރައްވާފައިވެއެވެ.
"އައްޔަން ކުރި ގޮތާ މެދު ސުވާލު އުފެދޭ ފަނޑިޔާރުން އެބަތިއްބެވި. ވަކި އަދަދަކަށް ކޯޓާ ދީގެން ފަނޑިޔާރުން އައްޔަން ކުރި ކަމަށް އެބަކިޔާ. ގޭންގްތަކުން ބޭނުންވާ މީހުން ފަނޑިޔާރުކަމަށް އައްޔަން ކުރި ކަމަށް އެބަ ބުނޭ އެހެންވީމާ މިހާރު ތިއްބެވި ހުރިހާ ފަނޑިޔާރުން އިސްތިއުފާ ދެއްވައިގެން ނޫނިއްޔާ ޖުޑިޝަލް ރިފޯމްގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން." ހަލީމް ވިދާޅުވި އެވެ.
ހަލީމް ވަނީ އެއްދުވަހުގެ ތެރޭގައި އެންމެ ގިނަ މައްސަލަ ބައްލަވައިގެން ރާއްޖޭގެ ޝަރުއީ ދާއިރާގެ ރެކޯޑެއް ވެސް ހައްދަވާފައެވެ. އެގޮތުން 2017 ވަނަ އަހަރުގެ އޮކްޓޯބަރ 28 ވަނަ ދުވަހުގެ ހެނދުނު 08:00 އިން އެރޭ 00:00 އާއި ހަމައަށް 153 މައްސަލައިގެ ޝަރީއަތް އޭނާ ހިންގަވާފައި ވާއިރު 66 މައްސަލައެއްގެ ޙުކުމް އޭނާ އިއްވެވިއެވެ.
ހަލީމް އިސްތިއުފާދެއްވާފައިވާއިރު ފަނޑިޔާރުގެ އިސްލާހު ކުރުމަކީ ރައީސް އިބްރާހިމް ޞޯލިހު ހާއްސަ އިންކަމެއް ދެއްވައިގެން ކުރަން ވިދާޅުވެފައިވާ ކަމެކެވެ.
ޝަރުއީ ދާއިރާގެ ރެކޯޑެއް ހައްދަވާފައިވާ ހަލީމް ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ