ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ 700 އަށްވުރެ ގިނަ ވިޔަފާރިއަކަށް ފަންނީ ލަފަޔާއި ކޮންސަލްޓޭޝަންގެ ހިދުމަތް ފޯރުކޮށްދީފިއެވެ. ބީސީސީން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރު 2023 އިން ފެށިގެން އޭޕްރީލް 2026 ގެ ނިޔަލަށް އައްޑޫ ސިޓީގެ ޖުމްލަ 709 ވިޔަފާރިއަކަށް ބީސީސީގެ ބިޒްނަސް ސެންޓަރު މެދުވެރިކޮށް ކޮންސަލްޓޭޝަން ދީފައިވެއެވެ.
އައްޑޫގެ ވިޔަފާރިތަކަށް އެހީތެރިވެދިނުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 800 އަށްވުރެ ގިނަ ވިޔަފާރިތަކަށް އަމަލީ ގޮތުން ޒިޔާރަތްކޮށް މައުލޫމާތު ދީފައިވާ ކަމަށް ބީސީސީން ބުނެއެވެ. އަދި ވިޔަފާރިވެރިން ކުރިއެރުވުމަށް 277 ތަމްރީނު ޕްރޮގްރާމާއި، މައުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން ހާއްސަ ސެމިނާތައް ބާއްވާފައިވާއިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު ދެނެގަތުމަށް ކުރިއަށްގެންދާ “އިގްތިސާދީ ފުރަމަލަ” ނުވަތަ އިކޮނޮމިކް ޕްރޮފައިލިންގގެ މަސައްކަތުގެ ދަށުން އައްޑޫގެ 645 ވިޔަފާރީގެ ތަފްސީލީ މައުލޫމާތު މިހާތަނަށް އެއްކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ބީސީސީން ބުނި ގޮތުގައި، އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ އިގްތިސާދީ އެޖެންޑާގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2026 ވަނަ އަހަރަކީ “އުފެއްދުންތެރިކަމުގެ އަހަރު” ގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީ، އައްޑޫގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ސަރަހައްދީ އިގްތިސާދީ ފުރުސަތުތައް ފުޅާކުރުމަކީ ބީސީސީން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. ރައީސްގެ ތަސައްވުރާ އެއްގޮތަށް އައްޑޫ އިންވެސްޓްމަންޓް ޒޯން މަޝްރޫއު ކާމިޔާބުކަމާއެކު ތަންفީޒުކުރުމަށްޓަކައި، ކަމާބެހޭ މުއައްސަސާތަކާއި ވިޔަފާރިތަކާ ގާތުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބީސީސީން ބުނެއެވެ.
އައްޑޫގެ ތަރައްގީގެ އިންތިޒާރު: ހުއްޓިފައިވާ މަޝްރޫއުތަކާއި ރައްޔިތުންގެ ކަންބޮޑުވުން އޭއީއެޗް އިން 15 މެޑިކަލް އިންޓާންޝިޕް: ފޯމު ހުށަހެޅުމުގެ ފުރުސަތު މޭ މަހުގެ 25 އަށް އޭއީއެޗްގެ ސީއީއޯ ކަމުން ޑރ. ޔާސިރު ވަކިކޮށް، އެ މަގާމަށް ޑރ. އަދީލް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ