އޮސްޓްރޭލިއާއިން ރާއްޖެއަށް މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓު އައިސްފި
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، އޮސްޓްރޭލިއާގެ މެލްބަންއާ ދެމެދު މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފެށި ސީދާ ދަތުރުތަކުގެ ފުރަތަމަ ފްލައިޓް އޮސްޓްރޭލިއާއިން މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެއެވެ. މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށާއި ފަތުރުވެރިކަމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވޭ ދަތުރެއް ކަމަށް މޯލްޑިވިއަންއިން ބުނެއެވެ. ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އޮސްޓްރޭލިއާގެ މެލްބަންއާއި ރާއްޖެއާ ދެމެދު ފެށި ތާރީޚީ ސީދާ ދަތުރުތަކުގެ ފުރަތަމަ ފްލައިޓް ރާއްޖެ އައުން.. ފޮޓޯ/ މޯލްޑިވިއަން އޭ330 މަރުކާގެ ބޯޓުގައި ދަތުރުކުރި މި ތާރީޚީ ފްލައިޓުން ރާއްޖެ އައި ފަތުރުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ރާއްޖޭގެ ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ހަރަކާތްތަކާއެކު، ދިވެހިންގެ މެހެމާންދާރީގެ ފުރިހަމަކަން ފަތުރުވެރިންނަށް ވަނީ ދައްކައިލިއެެވެ. ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އޮސްޓްރޭލިއާގެ މެލްބަންއާއި ރާއްޖެއާ ދެމެދު ފެށި ތާރީޚީ ސީދާ ދަތުރުތަކުގެ ފުރަތަމަ ފްލައިޓް ރާއްޖެ އައުން.. ފޮޓޯ/ މޯލްޑިވިއަން މި ސީދާ ދަތުރުތައް ފެށުމަށް ޓަކައި ދެ ގައުމުގެ އޭވިއޭޝަން އޮތޯރިޓީތަކުގެ މެދުގައި މި އަހަރުގެ މާޗު މަހުގެ 19 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މޯލްޑިވިއަން އިން ބުނި ގޮތުގައި، މި އައު ދަތުރުތަކުގެ ސަބަބުން އޮސްޓްރޭލިއާގެ ފަތުރުވެރިންނަށް އެއްވެސް ޓްރާންސިޓެއް ނެތި ސީދާ ރާއްޖެއަށް އައުމުގެ މަގު ފަހިވެ، ރާއްޖޭގެ އެތެރޭގެ އުދުހުންތަކާ ގުޅާލުމަށް ވެސް ފަސޭހަވެގެންދާނެއެވެ. ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އޮސްޓްރޭލިއާގެ މެލްބަންއާއި ރާއްޖެއާ ދެމެދު ފެށި ތާރީޚީ ސީދާ ދަތުރުތަކުގެ ފުރަތަމަ ފްލައިޓް ރާއްޖެ އައުން.. ފޮޓޯ/ މޯލްޑިވިއަން މި ދަތުރުތަކަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނައިރު، ފުރަތަމަ ތިން ދަތުރުގައި 700 އެއްހާ މީހުން އައިސް، ފުލައިޓުތައް ވަނީ އެއްކޮށް ފުރިފައެވެ. އަދި ކުރިއަށް އޮތް ނޮވެމްބަރު މަހާ ހަމައަށް ދަތުރުތަކުގެ 50 އިންސައްތަ ޖާގަ މިހާރު ވެސް ވަނީ ބުކްކުރެވިފަކަމަށް މޯލްޑިވިއަނުން ބުނެއެވެ. https://sun.mv/222135 މި ދަތުރުތައް ހަފުތާއަކު އެއްފަހަރު ކުރާއިރު، ރާއްޖެއިން އޮސްޓްރޭލިއާއަށް ދަތުރުކުރާނީ ކޮންމެ އާދިއްތަ ދުވަހެއްގައެވެ. މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. އެގޮތުން ރިސޯޓުތަކުގެ އޮކިއުޕަންސީ މަތިވެ، ދައުލަތަށް ޓެކުހުގެ ގޮތުގައި އަހަރަކު އިތުރު 10 މިލިއަން ރުފިޔާ ލިބޭނެކަމަށް މޯލްޑިވިއަނުން ވަނީ ލަފާކޮށްފައިއެވެ. https://sun.mv/222142 އަދި މިއީ ކުރިއަރަމުން އަންނަ މާކެޓުތަކަށް އަމާޒުކޮށްގެން ޤައުމީ އެއާލައިންގެ މާކެޓް ޝެއާ ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވެސް އެ ފަރާތްތަކުން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ