މި އަހަރުގެ މިހާތަނަށް ރިސޯޓުތަކަށް އައި ފަތުރުވެރިންގެ ހަ ލައްކައަށް އަރައިފިއެވެ.
ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ބޮޑު އިންސައްތައެއްގެ ފަތުރުވެރިން ދަނީ ރިސޯޓުތަކަށެވެ. ޓުއަރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓުތަކަށް 601,993 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އެއީ ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ 70.4 އިންސައްތައެވެ.
ރިސޯޓުތަކަށްފަހު ދެން އެންމެ ގިނަ ފަތުރުވެރިން ދަނީ ގެސްޓުހައުސްތަކަށެވެ. މި މުއްދަތުގައި 210,713 ގެސްޓުހައުސްތަކަށް ގޮސްފައިވާއިރު އެއީ ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ 24.6 އިންސައްތައެވެ.
މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖެއަށް ޖުމުލަ 875,600 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އެއީ އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6,391 ފަތުރުވެރިންނެވެ.
ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,318 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 179 ރިސޯޓާއި 952 ގެސްޓްހައުސްގެ އިތުރުން 171 ސަފާރީ އާއި 16 ހޮޓާ ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 68,035 އެނދު އޮޕަރޭޓްކުރެއެވެ.
ރިސޯޓުތަކަށް އައި ފަތުރުވެރިންގެ އަދަދު ހަ ލައްކައަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ