ކުޅޭ އެއްޗިހި ވިއްކާ "ކޮކީ" ފިހާރައިން އަންނަ ހަފްތާގައި ފާހަގަކުރާ ބޮޑު އީދަށް ހާއްސަކޮށް އީދު ބަންޑަލްތަކެއް ތައާރަފްކޮށްފި އެވެ.
މިއީ ދިވެހިންގެ މެދުގައި އޮންނަ އީދު ސަގާފަތްތަކާ ގުޅުވައި ތައާރަފްކުރި ބަންޑަލްތަކެކެވެ. މި ބަންޑަލްތަކުގެ ތެރޭގައި ވޯޓާ ގަން، ވޯޓާ ބެލޫންގެ އިތުރުން ކަލަ ޕެކްތަކެއް ވެސް ހިމެނޭނެ އެވެ. އީދަށް ހާއްސަކޮށް "ކޮކީ" އިން މި ތަކެތި ހިމަނައިގެން ތިން އަގެއްގެ ތިން ބަންޑަލްއެއް ވަނީ ނެރެފަ އެވެ. އޭގެ ތެރޭގައި 99ރ.، 149ރ. އަދި 199ރ. ގެ ބަންޑަލް ހިމެނެ އެވެ.
"ކޮކީ"އިން ބުނީ ކޮންމެ ބަންޑަލެއްގައި ވެސް ފެންކުޅިއަށް ހާއްސަ ތަކެއްޗާއި ކުލަ ޖެހުމަށް ހާއްސަ ކުލަތައް ހުންނާނެ ކަމަށެވެ. އަދި އަގާ އެކު ބަދަލުވާނީ އެ ޕެކެއްގައި ހިމެނޭ ވައްތަރުތައް ކަމަށް ބުންޏެވެ.
މި ބަންޑަލްތަކަކީ އީދުގައި އޮންނަ ކުޅިވަރުތައް އިތުރަށް ފުރިހަމަކޮށްދޭނެ، އަދި އީދުގެ ސަގާފަތްތަކުގައި ހިމެނޭ ކުޅިވަރުތަކަށް ބޭނުންވާ ތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ ގޮތުން ތައާރަފްކުރި ބަންޑަލްތަކެއް ކަމަށް ބުންޏެވެ.
މި ބަންޑަލްތަކުގެ އިތުރުން "ކޮކީ" އިން މި ހަފްތާގެ ތެރޭގައި ހާއްސަ މިސްޓްރީ ބޮކްސްތަކެއް ވެސް ތައާރަފްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އީދު ހަދިޔާގެ ގޮތުގައި ކުޑަކުދިންނަށް ހަދިޔާކުރަން ކަމުދާނެ މި މިސްޓްރީ ބޮކްސްތަކުގެ ވެސް ތިން ސައިޒެއްގެ ހުންނާނެ ކަމަށާއި، މި މިސްޓްރީ ބޮކްސްތަކުގައި ވެސް މަޖާ ސަޕްރައިޒްތަކެއް ހިމެނޭނެ ކަމަށް "ކޮކީ" އިން ބުންޏެވެ.
"ކޮކީ"އިން އަންނަނީ އެކި މުނާސަބަތުތަކާއި ގުޅުވައި މި ފަދަ އެކި ބަންޑަލްތައް ތައާރަފްކުރަމުންނެވެ. "ކޮކީ"ގެ ފިހާރަތައް މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ހުރެ އެވެ.
އީދު ފޯރި ގަދަކޮށްލަން "ކޮކީ"ގެ ހާއްސަ ބަންޑަލްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ