އަލިފާނުގެ ހާދިސާއަކާ ގުޅިގެން ހަތަރުމީހުންގެ އާއިލާއެއް ހާލުގައިޖެހިއްޖެ ސަފާރީއެއްގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި ފަސް މީހުން ތިބި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި މަގުބޫލު ލިޔުންތައް ފޭދޫ

މާލޭގެ ހެންވޭރު ފިލިގަސްމަގުގައި ހުންނަ ގެއެއްގައި، ވައި ބަންދުކޮށްފައި ހުރި ކޮޓަރިއެއްގެ ތެރެއަށް ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ބޮޑު ގޮވުމެއް ގޮވައި، އެކަކަށް ކުދި އަނިޔާތަކެއް ލިބިއްޖެއެވެ. ގޭސް ލީކުވެގެން ހިނގި މި ނުރައްކާތެރި ހާދިސާގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ. މި ގޮވުމުގެ ބާރުގަދަކަމުން އެ ގޭގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސް، ބިއްލޫރިކޮޅުތައް ވަނީ މަގުމައްޗަށް ބުރައިގެން ގޮސްފައެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ކުޑަދޮރުތައް ބަންދުކޮށްފައި ހުރި ކޮޓަރިއެއްގެ ތެރެއަށް ގޭސް ލީކުވެފައި ހުއްޓައި، އެކަން ނޭނގި އުނދުން ރޯކުރުމުންނެވެ. އުނދުނުން ފެށުނު އަލިފާންކަނި ވައިގެ ތެރޭގައި ފެތުރިފައި ހުރި ގޭހުގައި ހިފައި، ކުއްލިއަކަށް ޕްރެޝަރު ބޮޑުވުމުގެ ސަބަބުން ބޮޑު އަޑަކާއެކު ގޮވީއެވެ. އެމްއެންޑީއެފްގެ މީޑިއާ އۆފިޝަލް ބުނީ، މި ހާދިސާގައި ގޭގެ ތަނެއްގައި އިތުރަށް އަލިފާން ހިފާފައި ނުވި ނަމަވެސް، ގޮވުމުގެ ޕްރެޝަރުގައި ބިއްލޫރިތައް ވަނީ ތަޅައިގެން ގޮސްފައެވެ.
ބަދިގެ ފަދަ ތަންތަނުގައި ގޭސް ލީކުވެ، މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގުމަކީ ރާއްޖޭގައި އާންމުކޮށް ދިމާވާ ކަމެކެވެ. ގޭސް ލީކުވުމުގެ ސަބަބުން މީގެ ކުރިން ވެސް މާލެއާއި އަތޮޅުތެރޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގައި، އެތައް ބަޔެއްގެ ފުރާނައަށް ނުރައްކާވެ ބޮޑެތި މާލީ ގެއްލުންތަކެއް ލިބިފައިވެއެވެ. އެހެންކަމުން، ބަދިގޭގެ ވައި ދައުރުވާނެހެން ކުޑަދޮރުތައް ހުޅުވާފައި ބެހެއްޓުމަށާއި، ގޭސް ބޭނުންކުރުމުގައި ސަލާމަތީ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ