ޓޫރިޒަމަށް ކުރި އަސަރާ އެކު މިިދިޔަ މަހު ދައުލަތުގެ އާމްދަނީ %6 ދަށަށް ގޮސްފައިވާ ކަމަށް ދައުލަތުގެ ޓެކްސް އީދާރާ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - މީރާއިން އިއްޔެ އާންމުކުރި މިދިޔަ މޭ މަހުގެ އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު މީރާއަށް ލިބިފައި ވަނީ 2 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު:
127 މިލިއަން ރުފިޔާ މަދު، %5.8 ދަށް އަދަދެއް
މީރާއިން ލަފާކުރި އަދަދަށް ވުރެ %0.3 ދަށް އަދަދެއް
ތަފްސީލް - އާމްދަނީއަށް ދަށްވުމެއް އައިސްފައި މި ވަނީ، މީރާއިން ފާހަގަކުރި ގޮތުގައި، ޖީއެސްޓީ، ގްރީން ޓެކްސް، ރިސޯޓް ކުލި އަދި ބިދޭސީންގެ ވިސާ ފީން ލިބުނު އަދަދު ދަށްވުމާ ވިދިގެންނެވެ. އެގޮތުން:
ޖީއެސްޓީ - 205.2 މިލިއަން ރުފިޔާ މަދުވެފައި
ޓޫރިޒަމް ޖީއެސްޓީ ނުވަތަ ޓީޖީއެސްޓީ - 207 މިލިއަން ރުފިޔާ މަދުވެފައި
ގްރީން ޓެކްސް - 66.4 މިލިއަން ރުފިޔާ ވަނީ މަދުވެފައި
ޓޫރިޒަމް ބިމު ކުލި - 8.8 މިލިއަން ރުފިޔާ ވަނީ މަދުވެފައި
ބިދޭސީންގެ ކޯޓާ ފީ - 8.6 މިލިއަން ރުފިޔާ ވަނީ މަދުވެފައި
މީރާއިން ފާހަގަކުރި ގޮތުގައި، އީރާން ހަނގުރާމަ އާއި މެދުއިރުމަތީގެ ހަމަނުޖެހުންތައް މިދިޔަ މަހު ގޯސްވެފައިވުމުން ލަފާކުރި އަދަދަށް ވުރެ ޓޫރިސްޓުން ރާއްޖެ އައި އަދަދު %4.4 ދަށްވެފައިވާ ކަމަށެވެ. ޓޫރިޒަމް އާމްދަނީ ދަށްވި އެންމެ ބޮޑު ސަބަބަކީ އެއީ އެވެ.
މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީއަށް ވެސް ވަނީ %15ގެ ދަށްވުމެއް އައިސްފަ އެވެ. އެގޮތުން:
16.2 މިލިއަން ޑޮލަރު މަދު އަދަދެއް
މިދިޔަ މަހު ލިބުނީ 89 މިލިއަން ޑޮލަރު
މިއަހަރުގެ ފަސް މަސްދުވަސް ފާއިތުވީއިރު ދައުލަތަށް ލިބުނު ޖުމްލަ އާާމްދަނީ އަކީ 16.4 ބިލިއަން ރުފިޔާ އެވެ. އަދި ޑޮލަރުން ލިބުނު އާމްދަނީއަކީ 749.3 މިލިއަން ޑޮލަރެވެ.
މިިދިޔަ މަހު ދައުލަތުގެ އާމްދަނީ %6 ދަށަށް ހިނގައްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ