އިރުތިޝާމްގެ ދެވަނަ ރަސްމީ ދަތުރު ޗައިނާ އަށް

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ރަސްމީ ދަތުރެއްގައި އިއްޔެ ޗައިނާ އަށް ފުރައިވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އިރުތިޝާމް ޗައިނާ އަށް ވަޑައިގެންނެވީ ދެ ދުވަހަށް ކަމަށާއި އެ ދަތުރުގެ ޔުނާން ޕްރޮވިންސުގައި އޮންނަ ޗައިނާ ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާނެ ކަމަށެވެ.
އޭގެ އިތުރުން 10 ވަނަ ޗައިނާ ސައުތު އޭޝިއާ އެކްސްޕޯގައި ވެސް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި ދަތުރުގައި ސަރުކާރުގެ ބައެއް އިސް އޮފިޝަލުންގެ އިތުރުން ޗައިނާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލު ކުރައްވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓަރުގެ މަގާމާ އިރުތިޝާމް ހަވާލުވެވަޑައިގަތީ އޭޕްރިލް 14، 2026 ގަ އެވެ. އޭގެ ފަހުން އޭނާ ފުރަތަމަ ދަތުރު ކުރެއްވީ މިދިޔަ މަހު މެއި 12 ގައި އިންޑިއާ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ