އުރީދޫގެ ކަސްޓަމަރުންނަށް އަވަހަށް ފަސޭހަ އަދި އިތުބާރު ހުރި ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން އޭއައި ޗެޓްބޮޓް "އުރީދޫ އެވީ" ތައާރަފްކޮށްފި އެވެ.
"އުރީދޫ އެވީ" މެދުވެރިކޮށް އެ ކުންފުނީގެ ހިދުމަތްތަކާއި ކަސްޓަމަރުން ބޭނުންވާ އެކި މައުލޫމާތުތައް އުރީދޫ ސުޕައެޕް އަދި ވެބްސައިޓް މެދުވެރިކޮށް މިހާރު ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ "އެވީ"
އަކީ އާ އީޖާދުތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކަސްޓަމަރުންނަށް
ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތަށް
ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.
އެގޮތުން ކޮންމެ ވަގުތެއްގައި
ވެސް ފަސޭހަކަމާއެކު ހިދުމަތްތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް
ތައްޔާރުކޮށްފައިވާ އެވީ މެދުވެރިކޮށް، ކަސްޓަމަރުންނަށް ވާހަކަ ދައްކައިގެން
އުރީދޫގެ ހިދުމަތްތަކުގައި އެހީތެރިކަން ހޯދޭނެ ކަމަށް އުރީދޫން ބުންޏެވެ.
އެމި ވާޗުއަލް އެސިސްޓެންޓަކީ
އޭއައިގެ އެހީތެރިކަމާއެކު، ބޭނުންވާ ހާލަތްތަކުގައި ކަސްޓަމާ ކެއާ އެޖެންޓުންނާ
ވެސް ގުޅުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ އޭއައި އެސިސްޓެންޓެއް ކަމަށް އުރީދޫން ބުންޏެވެ.
"އެވީ" މެދުވެރިކޮށް
ލިބޭ ހިދުމަތްތަކުގެ ތެރޭގައި، އެކައުންޓް ބެލެންސް ބެލުމާއި އެޑް-އޮން
އެކްޓިވޭޓް ކުރުމާއި ބިލް ބެލުމާއި ބިލަށް ފައިސާ ދެއްކުމާއި ރީޗާޖް ކުރުމާއި
ރީޗާޖް ހިސްޓްރީ ބެލުމުގެ އިތުރުން ޕްލޭން އަޕްގްރޭޑް ކުރުމާއި އާ ކަނެކްޝަން
ގަތުމާއި ދިމާވާ މައްސަލަތައް ހުށަހެޅުމާއި މައްސަލަތަކުގެ އަޕްޑޭޓް ބެލުން ހިމެނޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.
އޭގެ އިތުރުން ކަސްޓަމަރުން ހިދުމަތްތައް ބޭނުންކުރާ ގޮތަށް ބަލައި، އެ މީހަކާ އެންމެ ގުޅޭ ހިދުމަތްތަކާއި ޕްރޮޑަކްޓްތައް އެވީ މެދުވެރިކޮށް ހުށަހަޅައިދޭނެ ކަމަށް އުރީދޫން ބުންޏެވެ. އަދި
ކަސްޓަމަރުން މީގެ ކުރިން ހޯދާފައިވާ ހިދުމަތްތަކަށް ބަލައި، އެ މީހުންގެ
ބޭނުންތަކަށް އެންމެ އެކަށީގެންވާ ޕްރޮޑަކްޓްތަކާއި ހައްލުތައް ހޯދުމަށް އެވީން
އެހީތެރިވެދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކަސްޓަމަރުންނަށް
މެދުކެނޑުމެއް ނެތި ފަސޭހަކަމާއެކު ހިދުމަތް ދިނުމަށްޓަކައި، އެވީގައި ސަޕޯޓް
ސިސްޓަމެއް ވެސް ހިމަނާފައިވާ އުރީދޫން ބުންޏެވެ. އޭގެ ތެރޭގައި އިތުރު އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި އޭއައި އެސިސްޓެންޓުން ލައިވް ކަސްޓަމާ ސާވިސް އެޖެންޓުންނަށް
ފަސޭހަކަމާއެކު ގުޅުވައި ދިނުމާއި އޮފްލައިންވުމަށްފަހު
ވެސް ކުރިން ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުމެއް ނެތި ކުރިއަށް ގެންދެވޭނެ
އިންތިޒާމް ވެސް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫއިން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެވީގައި
ކަސްޓަމަރުންގެ ހިޔާލު ހޯދުމުގެ ނިޒާމެއް ވެސް ހިމަނާފައިވާއިރު، އެގޮތުން ލިބޭ ހިޔާލުތަކަކީ އެ ޕްލެޓްފޯމް އިތުރަށް ތަރައްގީކޮށް، ކަސްޓަމަރުން ބޭނުންވާ ފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެ މުހިންމު މައުލޫމާތުތަކެއް ކަމަށް ވެސް އުރީދޫން ބުންޏެވެ.
އެވީ
ތައާރަފް ކުރުމަކީ އާ އީޖާދުތަކާއެކު "ޑިޖިޓަލް މޯލްޑިވްސް"އެއް
ބިނާކުރުމަށް އުރީދޫ މޯލްޑިވްސްއިން ގެންގުޅޭ ތަސައްވުރު ރަނގަޅަށް ހާމަކޮށްދޭ
ކަމެއްގެ ގޮތުގައި އުރީދޫން ސިފަކުރެ އެވެ. އަދި އެއީ މިއީ ޓެކްނޮލޮޖީގެ އެހީގައި ދިރިއުޅުމުގެ ކަންކަން ފަސޭހަކޮށްދީ،
ކަސްޓަމަރުންނަށް ފަސޭހަކަމާއި އިތުރު ބާރުވެރިކަން ހޯދައިދޭނެ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އުރީދޫން ބުނީ އުރީދޫގެ ކަސްޓަމަރުންނަށް ދޭ އެވީގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް
އިތުރު ފަސޭހަތަކާއި އާ ފީޗާތައް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކަސްޓަމަރުންނަށް ހިދުމަތްދޭން އުރީދޫގެ އޭއައި އެހީތެރިޔާ "އުރީދޫ އެވީ" ލޯންޗްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ