ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަހަން ފަށައިފި “މޯލްޑިވްސް ޒަކާތު ހައުސް” އިން 7 ލައްކަ ރުފިޔާ ދޫކޮށްފި މާދަމާ އިން ފެށިގެން ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުން ކުރިއަށްދާނެ ފިޠުރު ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ވަގުތަކީ މިއަދުގެ އިރުއޮއްސި 6 ޖަހަނ

މޯލްޑިވްސް ޒަކާތު ހައުސްއިން މިއަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ 2،384 މީހަކަށް ޖުމުލަ 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަހައިފި އެވެ. އެ އިދާރާއިން މިއަދު ބުނީ މި ފައިސާ މިހާރު އެ ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކޮށްދީ ނިންމާފައިވާ ކަމަށެވެ.
ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، 1447 ވަނަ އަހަރުގެ ހައްޖުމަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންނަށް ބެހުމަށް ޖުމުލަ 13,112,000 (ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެގޮތުން މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ރުފިޔާ ޖެހިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި ވެސް މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް އެންމެ ގިނައިން ފައިސާ ލިބުނު ފަހަރު ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރެ އެވެ.
މުދަލު ޒަކާތަކީ އިސްލާމްދީނުގެ މުހިންމު ރުކުނަކަށް ވާއިރު، މުދަލުގައި ނިސާބު ހަމަވެ ހިޖުރީ ގޮތުން އެއް އަހަރުވުމުން އޭގެ 2.5 ޕަސަންޓު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެ އެވެ. ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަންނަނީ ދައުލަތުގެ ޓެކްސް އިދާރާ، މީރާއިންނެވެ. މީރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކުމުގެ އިތުރުން، އެމީހަކު ޒަކާތް ދައްކަން ޖެހޭ މިންވަރު ވެސް އޮންލައިންކޮށް ބަލާލެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ