ރާއްޖެއަށް 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގެ ތުހުމަތުގައި، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ފަސް މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ. މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ މި ހިނގާ ޖޫން މަހުގެ 9 ވަނަ ދުވަހު އެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެ މީހަކާއި ތިން ދިވެހިންނެވެ. ބޭރުގެ ދެ މީހުންނަކީ މުހައްމަދު މުސްތާކް ޖަމާލް (29އ) އާއި ސިރަޖުދީން ރަޝިތާ (26އ) އެވެ. ދެން ހިމެނެނީ ލ. ގަން، މުކުރިމަގު، ފޭރުގަސްދޮށުގެ، އަހުމަދު އަފްރާހް (33އ) އާއި، މާލޭގެ ދެ މީހުން ކަމަށްވާ ހ. ކަހަފަތި، އިލްޔާސް އަހުމަދު (42އ) އަދި ގ. ހޭޅި، ހަސަން ޝަމްއޫން (36އ) އެވެ.
މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެންމެން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށްދާ ކަމަށެވެ.
3.3 މިލިއަން ރުފިޔާގެ އެމްފެޓަމިން އެއާޕޯޓުން އަތުލައިގެންފި 18 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި، ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 ކި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ