ހިމަބިހި ކޭސްތަކުގެ އަދަދު 9އަށް އަރައިފި

އިތުރު ދެ މީހަކާ އެކު، މި އަހަރު ފެނުނު ހިމަބިހި ކޭސްތަކުގެ އަދަދު ނުވަޔަކަށް އަރައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ހިމަބިހީގެ ކޭސްތަކެއް މި މަހު ކުރީކޮޅު މާލެ ސަރަހައްދުން ފެންނަން ވަނީ ފަށައިފަ އެވެ.
މި ދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ 
ތަފްސީލު - ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ)އިން ބުނީ މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހިފައިވާ ޖުމްލަ ނުވަ މީހަކު ފެނިފައިވާ ކަމަށާއި މިވަގުތު ފަސް ކޭސްއެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ ފަސް ކޭހާ ގުޅޭގޮތުން ފާހަގަކުރެވުނު 128 ކޮންޓެކްޓުން އެޗުޕީއޭއިން އަންނަނީ މޮނީޓާ ކުރަމުންނެވެ.
މި އަހަރުގެ ތެރޭގައި ފެނުނު ހިމަބިހީގެ ނުވަ ކޭސްގެ ތެރެއިން ހަ ކޭސް ފެނުނީ، އެޗުޕީއޭއިން ބުނި ގޮތުގައި، މި މަހުގެ ތެރޭގަ އެވެ.
އެނގުން މުހިންމު - އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސްވަރު ހިމަބިހި ފެތުރެމުންދާތީ، އެ ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހިމެނޭ ހުން އައުމާ އެކު ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭން ވަނީ އިލްތިމާސްކޮށްފަ އެވެ.
އޭގެ އިތުރުން ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފި ނަމަ ނަތިޖާ ލިބެންދެން އެކަހެރިވެގެން ހުރުުމަށާއި ބަލީގެ އަލާމާތްތައް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗުޕީއޭއިން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ