އުރީދޫ އެމް-ފައިސާ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލްކޮށް އީދު ހަދިޔާ ފޮނުވޭނެ ގޮތް ހަދައިފި އެވެ.
ވީ ކިހިނެއް؟ - މިއީ، އުރީދޫން މިއަދު ބުނި ގޮތުގައި، މާދަމާ ފާހަގަކުރާ ބޮޑު އީދާ ގުޅުވައިގެން، އާއިލާ އާއި ގާތް ރަހުމަތްތެރިންނަށް ފަސޭހަކަމާ އެކު އީދު ހަދިޔާ ފޮނުވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމަށް ތައާރަފުކުރި ހިދުމަތެކެވެ.
ތަފްސީލް - ކަސްޓަމަރުންނަށް އެމް-ފައިސާ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް، ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެން ވެސް އީދު ހަދިޔާގެ ގޮތުގައި ފައިސާ ފޮނުވާލެވޭނެ އެވެ.
އެމް-ފައިސާ އެޕް މެދުވެރިކޮށް އީދު ހަދިޔާ ފޮނުވާލުމަށް:
އެމް-ފައިސާ އެޕް ހުޅުވާލާ
އެޕްގައިވާ 'އީދު ހަދިޔާ' ބެނާއަށް ފިއްތާލާ
ފޮނުވަން ބޭނުންވާ ހަދިޔާ އިހްތިޔާރުކޮށްލާ؛ ނޫނީ ހަދިޔާގެ ގޮތުގައި ފޮނުވަން ބޭނުންވާ އަދަދު ޖަހާލާ
އީދުގެ ތަހުނިޔާ މެސެޖެއް ހިމަނާލާ
އީދު ހަދިޔާ ފޮނުވަން ބޭނުންވާ ފަރާތުގެ އެމް-ފައިސާ މޮބައިލް ނަންބަރު ޖަހާލާ
އޯޓީޕީ ނަންބަރު ޖެހުމަށް ފަހު ވަގުތުން ފޮނުވާލާ
މިއީ އެމް-ފައިސާގައި ރަޖިސްޓްރީވެފައިވާ ހުރިހާ ކަސްޓަމަރުންނަށް ވެސް ފަސޭހަކަމާ އަދި ރައްކާތެރިކަމާ އެކު ބޭނުންކުރެވޭނެ ހިދުމަތެކެވެ.
ފާހަގަކޮށްލެވޭ - އުރީދޫގެ އަމާޒަކީ ޒަމާނީ ފިންޓެކް ވަސީލަތްތަކުގެ އެހީގައި ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމެވެ. އަދި އީދުގެ އުފަލާ ގުޅިފައިވާ އެކަކު އަނެކަކަށް ހަދިޔާ ބަދަލުކުރުމުގެ ރީތި އާދަ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓުމަށް މަގުފަހިކޮށްދިނުމެވެ.
އެމް-ފައިސާގައި ރަޖިސްޓްރީކޮށްލުމަށް
އުރީދޫ އެމް-ފައިސާއިން ރާއްޖޭގައި އަލަށް ޑިޖިޓަލް އީދު ހަދިޔާ ފޮނުވާލެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ