ޗައިނާގެ ފަތުރުވެރިކަމުގެ މާކެޓަށް ޚާއްޞަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ބީޓީބީ ޓްރޭޑް އެގްޒިބިޝަން ކަމަށްވާ "އައިޓީބީ ޗައިނާ 2026" ގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބައިވެރިވެއްޖެއެވެ.
މި މައުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހަށް ޝަންހާއީގެ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައެވެ.
ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ނުހަނު މުހިންމު މާކެޓަކަށް ވުމާއެކު، މިއީ ރާއްޖެ އިޝްތިހާރުކުރުމަށާއި ވިޔަފާރީގެ އާ ގުޅުންތައް ގާއިމުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
=ޗައިނާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށްޓަކައި މީޑިއާ ބައްދަލުވުންތަކާއި، ޗައިނާގެ މައިގަނޑު ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާ ޕްރޮމޯޝަނަލް ހަރަކާތްތައް ވެސް މި މައުރަޒާ ގުޅުވައިގެން ކުރިއަށްދާނެއެވެ. ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާއިރު، މި މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، އިސްތިރާޖީ ގޮތުން މި މާކެޓް އިތުރަށް ވަރުގަދަކުރުމަށް ވިޒިޓް މޯލްޑިވްސްއިން ޚާއްޞަ އިސްކަމެއް ދެއެވެ.
އައިޓީބީ ޗައިނާގައި ބައިވެރިވެ، ރާއްޖޭގެ މަގުބޫލުކަން އިތުރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ