އިންގުލެންޑުގެ ހެރީ ކޭން ހުއްޓުވަން މެކްސިކޯ ކޯޗުގެ ވަރުގަދަ ޕްލޭނެއް
އިންގްލެންޑްގެ ގައުމީ ފުޓުބޯޅަ ޓީމުގައި ތިބި ކުޅުންތެރިންތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކުޅުންތެރިއަކީ ކެޕްޓަން ހެރީ ކޭން ކަމަށާއި އޭނާ ހުއްޓުވަން ވަރުގަދަ ޕްލޭނެއް އެބައޮތް ކަމަށް މެކްސިކޯގެ ކޯޗު ހާވިއޭ އަގީރޭ ބުނެފިއެވެ. ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ރާއްޖެގަޑިން މިރޭ ފަތިހު 05:00 ގައި ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ހާވިއޭ ބުނީ ޓީމުގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ހުއްޓުވުމަށް ކަމަށެވެ. މިވަގުތު ކުޅެމުން އަންނަ ކުޅުންތެރިންތަކުގެ ތެރެއިން ފާހަގަކުރެވޭ ކޭންގެ ނުރައްކާތެރިކަމާ މެދު ވާހަކަދައްކަމުން އަގީރޭ ބުނީ، އޭނާ އަކީ ހަމައެކަނި ގޯލު ޖެހުމުގެ ހުނަރު ހުރި ކުޅުންތެރިއެއް ނޫން ކަމަށާއި، މަތިން އަންނަ ބޯޅަތަކާއި، ބޯޅަ ކޮންޓްރޯލްކުރުމުގެ ފެންވަރުގެ އިތުރުން ޓީމުން ބޯޅަ ގެއްލޭ ވަގުތުތަކުގައި ފަހަތަށް ފައިބާ ދިފާއުކުރުމުގައިވެސް ކޭންގެ ދައުރު ބޮޑު ކަމަށެވެ. އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން-- އެހެންކަމުން، ކޭންގެ ނުފޫޒު މެޗުގައި ކުޑަކުރުމަށްޓަކައި މެކްސިކޯގެ ކޯޗިން ސްޓާފުން މިހާރު ހާއްސަ ޕްލޭނެއް ނުވަތަ ޑިފެންސް ކުރުމުގައި ހާއްސަ ޕްލޭނެއް ތައްޔާރުކޮށްފައިވާ ކަމަށް އަގީރޭ ހާމަކުރިއެވެ. މީގެ އިތުރުން، ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން އިންގްލެންޑްގެ ކުޅުން ވަރަށް ބޮޑަށް ކުރިއަރާފައިވާކަން ފާހަގަކުރަމުން އަގީރޭ ބުނީ، މެޗުން މޮޅުވުމަށްޓަކައި މެކްސިކޯއިން ދައްކަންޖެހޭނީ ފުރިހަމަ ކުޅުމެއް ކަމަށެވެ. ނަމަވެސް، އިންގްލެންޑަކީ ކިތަންމެ ވަރުގަދަ ޓީމަކަށް ވިޔަސް، މެކްސިކޯއިން ދަނޑަށް އަރާނީ ބަލިގަބޫލުކޮށްގެން ނޫން ކަމަށާއި، އަމިއްލަ ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އޭނާ ބުންޏެވެ. މެކްސިކޯ މި މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކުރީ ބައިކޮޅަށް އެއްވެސް ގޯލެއް ނުވަދެ، ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވެ، މޮޅުވުމުގެ ރެކޯޑަކާއެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ