ސައިކަލަކަށް ފައިސާ ނުދައްކައިގެން ސިވިލް ކޯޓުން ހުކުމެއް ކޮށްފައިވާ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓްގައި ބުނެފައި ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ ހަވީރީގެ، ލ. ކަލައިދޫ، މަރްޔަމް ވަޙީދާ (49އ) އެވެ.
މަރްޔަމް ވަޙީދާ ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2026 ޖުލައި 06 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
މަރްޔަމް ވަޙީދާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
މަރްޔަމް ވަޙީދާ ލިޓަސް އިން ނަގާފައިވާ ސައިކަލަކަށް ފައިސާ ދައްކަން އަމުރުކޮށް މިދިޔަ އަހަރުގެ ޖުލައި މަހު ސިވިލް ކޯޓުން ހުކުމެއް ކޮށްފައި ވެއެވެ. އޭނާ އާއި އަދި ފައިސާ ދައްކާނެ ކަމުގެ ގެރެންޓީ ދީފައިވާ އިސްމާއީލް އާމިރު ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ވަނީ -/84797 ރުފިޔާ އެއްމަސް ދުވަސްތެރޭގައި ދައްކަން މިދިޔަ އަހަރުގެ ޖުލައި މަހު ހުކުމް ކޮށްފައެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ސިވިލް ކޯޓުން އެ ހުކުމް ކުރީ 2021 ވަނަ އަހަރު ސައިކަލަށް ފައިސާ ދައްކަން އެދެމީހުންގެ މައްޗަށް ކުރި ހުކުމަށް އަމަލު ނުކުރުމުންނެވެ.
ސައިކަލަކަށް ފައިސާ ނުދައްކައިގެން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ